logo
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް

ރަސްމާލެ މަޝްރޫއާއި ގުޅިގެން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

profile

މުޙައްމަދު ފަޟްލޫން - 21 އޮކްޓޯބަރު 2026 - 06:23

ރަސްމާލެ މަޝްރޫޢުގެ ތަފުސީލުތައް ހާމަކުރުމަށާއި، އެ މަޝްރޫޢާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކޭގޮތް ހާމަކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި، ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމުގެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

މީކާއީލް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ކޮމާޝަލް ޓާރމްސް އެގްރީމަންޓް އާ ގުޅިގެން މަސައްކަތް ކުރިއަށްދާ ވަރަކަށް ތަފުސީލީ އުސޫލުތައް އެކުލަވައިލާނެ ކަމަށް ބުނެ، އެއްބަސްވުމުގެ މުހިންމު މަޢުލޫމާތުތައް ސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ.

މީގެއިތުރުން، އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި:

ރައްޔިތުންގެ ޓެކްސް ފައިސާއިން ރަސްމާލޭގެ ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވައިލާފައިވުން.

ރަސްމާލެއިން ހިއްކާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށް ދީފައިވުން.

ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ ފުރިހަމަ ބާރު އެ ކުންފުންޏަށް ލިބޭގޮތަށް ހަމަޖައްސާފައިވުން.

މިއިން އެއްވެސް މުއާމަލާތަކަށް ދައުލަތަށް އެކުއިޒިޝަން ކޮސްޓެއް ނުވަތަ އެކަށީގެންވާ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުން އެކުލަވައިލާފައިވުން.

މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ، ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހި ވެދާނެ ކަމަކަށްވުން.

ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ (ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ) ހައްގު އީގަލް ހިލްސް އަށް ލިބިގެންދާގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން.

މީކާއީލް ވިދާޅުވީ، ރަސްމާލެއަކީ ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ އެންމެ އަގުބޮޑު ގައުމީ ރައުސްމާލު ކަމުގައި ވީނަމަވެސް، އެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރުވެސް މުހިއްމު ގިނަ ކަންކަން ހުރީ ސިއްރުކޮށްފައި ކަމަށެވެ.

https://wamco.com.mv/
tel:+9607331319