
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ރަސްމާލެ މަޝްރޫއުގެ ވާހަކަ ހިބްރޫ ނޫސްތަކުގައި ދަނީ އިޝްތިހާރުކުރަމުން: މައުރޫފް

މުޙައްމަދު ފަޟްލޫން - 21 އޮކްޓޯބަރު 2026 - 07:13
ރަސްމާލެ މަޝްރޫއުގެ ދަށުން އެތަނުގައި އެޅޭ އިމާރާތްތައް ވިއްކަން ހުރި ވާހަކަ ހިބްރޫ ނޫސްތަކުގައި އިޝްތިހާރުކުރަމުންދާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ގަރާރަށް ބަހުސްކުރައްވައި މައުރޫފް ވިދާޅުވީ އީގަލް ހިލްސް އަށް ރަސްމާލެ ކުއްޔަށް ދޫކޮށްފައިވާއިރު އީގަލް ހިލްސްގެ ވެރިޔާއަކީ ޔަހޫދީން ޕްރޮމޯޓްކުރަން ހިތްވަރުދޭ ފަރާތެއް ކަމަށެވެ.
އީގަލް ހިލްސްގެ ވެރިޔާ އަކީ ޔަހޫދީން ޕްރޮމޯޓްކޮށް ޔަހޫދީންގެ ކައިވެނިކޮށްދޭ ފަރާތެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.
ރާއްޖޭގައި އީގަލް ހިލްސް އިން ތަރައްގީ ކުރާ މަޝްރޫއުގެ ދަށުން ބިނާ ކުރާ ތަންތަނުގައި ޔަހޫދީން ވަޒަންވެރިވެދާނެތީ މައުރޫފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އީގަލް ހިލްސް މަޝްރޫއާއި ގުޅޭގޮތުން މިސަރުކާރުން ދައްކާ އެއްވެސް ވާހަކައަކަށް އިތުބާރު ކުރާ އެކަކުވެސް މިއަދު ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ.
ދިިވެހިރާއްޖޭގެ ބިމެއް ހުސްނުވާ 99 އަހަރަށް ބޭރުބަޔަށް ދޫކޮށްލާ އެތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ކުރާ ހުރިހާ މަސައްކަތާއި ދެކޮލަށް ދިވެހި ހުރިހާ ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި އެއްވެސް ބިމެއް އިކުއިޒަން ކޮސްޓަކާއި ނުލާ ރަސްމާލެ ބިން އީގަލް ހިލްސް އަށް ދިން ފަދައިން އެއްވެސް ބަޔަކަށް ދީފައިނުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރުން ބޭރު ބަޔަކަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތައް ދޫކޮށްފައިވަނީ އެކުއިޒިޝަން ކޮސްޓާ އެކުގައި ރިސޯޓް ތަރައްގީ ކުރުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.
ރިސޯޓެއް ތަރައްގީ ކުރުމުން އެތަނުން ޓެކްސް އެކްޝެޕްޝަން ނައިސް ޓެކްސް އިން ދައުލަތަށް އާމްދަނީ ލިބޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ނަމަވެސް އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީ ކުރާ މަޝްރޫއަކީ ދިވެހި ރާއްޖޭގެ ގާނޫނުވެސް ނުހިނގާ ގޮތަށް ހިލޭ ސާބަހަށް ދިނުމަށް މަސައްކަތްކުރާ ތަނެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކިސްތާނުގެ ހާރިޖީ ވަޒީރު، ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ގަޑިއިރެއް ކުރިން
ޕާކިސްތާނުން ރައީސް ޑރ މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ގަޑިއިރެއް ކުރިން

ރަސްމާލެ މަޝްރޫއާއި ގުޅިގެން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
2 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - އަނެކުންނަށް
3 ގަޑިއިރު ކުރިން


