
ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް - ފަސްޓް ލޭޑީ

އާމިނަތު އާފިޔާ - 10 ޑިސެމްބަރު 2025 - 08:15
ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ދިވެހި މަސްވެރިންގެ ހީވާގި ކަމާއި ހިތްވަރަށް ތައުރީފު ކުރައްވައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ މުހައްމަދު ވަނީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ތަކުރާރު ކުރައްވާފައި އެވެ. އަދި މި ޕޯސްޓުގައި އެކަމަނާ ވަނީ މިއުފާވެރި ދުވަހުގެ ތަހުނިޔާ ހުރިހާ މަސްވެރިންނަށް އަރިސް ކުރައްވާފެއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ތިޔާގިކަމާއި މަންފާ އިތުރު ކޮށްދެއްވުމަށް އެދި އެކަމަނާ ވަނީ ދުޢާ ކުރައްވާފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވަނީ ރ. ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެކިކަހަލަ ހަރަކާތްތަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބާއްވާ ހަރަކާތްތަށް މި މަހުގެ 10 އިން 13 އަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ 13 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެރޭ 20:00 ގައި ރ. ދުވާފަރުގައެވެ. މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން އަނބިކަނަބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކެންދޫގެ ތަރައްޤީގެ ރޭހުގައި އިތުބާރު އޮތް ނަންތަކެއް: އަޙްމަދު ޝާން އާއި ނަޛީރާ އަޙްމަދުގެ ޓީމު
8 ގަޑިއިރު ކުރިން

ފަހު ދިހައެއްގައި ބީއެމްއެލް ގެ ބްރާންޗްތަކުން އިން ޚިދުމަތް ލިބޭނީ މި މަހުގެ 11 އަދި 18ގައި
9 ގަޑިއިރު ކުރިން

ވެމްކޯ ބޯޑަށް ޑިރެކްޓަރަކު އައްޔަންކޮށްފި
10 ގަޑިއިރު ކުރިން

ރާއްޖެއަށް ޑްރަގު ގެނައި ބިދޭސީ އަކު އުމުރަށް ޖަލަށް!
12 ގަޑިއިރު ކުރިން


.gif&w=3840&q=75)