logo

ގްރީހައުސްތަކުގެ 75 އިންސައްތަ ނިމިއްޖެ

profile

އައިޝަތު އިނާޝާ - 18 ޖެނުއަރީ 2026 - 11:41

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން މި މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް) އިން، ށ. ގޮއިދޫގައި ގާއިމު ކުރާ ގްރީން ހައުސްތަކުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ.

https://wamco.com.mv/

މި މަސައްކަތް ކުރަމުންދަނީ އެރަށުގެ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެކުގައެވެ.

ށ. ގޮއިދޫ ފާހަގަ ކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ، އަދި ދަނޑުވެރިކަމުގައި ކުރިޔަށް ދިއުމަށް ޝައުގާއި އެކު މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންތަކެއް ތިބި ރަށެކެވެ. އެގޮތުން އެރަށުން 10 ދަނޑެއް ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ 5 މޮޑިއުލް ހިމެނޭ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް(އެމްގެޕް) ސެޓްފައިޑް ވެފައެވެ.

މީގެ އިތުރުން އެރަށުގައި، ދަނޑުވެރިކަމުގެ އުފެއްދުންތަކުން އަގު އެއްކޮށް ބާޒާރަށް ނެރުމަށް، ފެސިލިޓީއެއް ވަނީ ޤާއިމުކޮށް ނިމިފައެވެ. މިހާރު ކުރަމުން ދަނީ އެތަނަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތެވެ.

މެޕް ޕްރޮޖެކްޓުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ ޕްރޮޖެކްޓުތަކާއި، ތަމްރީންތައް ހިންގަމުންނެވެ

ދަނޑުވެރިކަމުގައި ކުރިއަރާ ދިއުމަށް ށ. ގޮއިދޫ ރައްޔިތުންނަށް އެރަށު ކައުންސިލުން އަންނަނީ، ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ. އަދި ޚާއްސަކޮށް ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގައި، ވެސް އެރަށުގެ ކައުންސިލާއި ދަނޑުވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް އަންނަނީ ދެއްވަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay