logo

ވޯލްޑްކަޕް 26 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

profile

އައިޝަތު އިނާޝާ - 18 ޖެނުއަރީ 2026 - 14:07

ފީފާ ވޯލްޑްކަޕް 2026 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ވިސާ އާއި ގުޅިގެން ބީއެމްއެލް އިން ފަށައިފި އެވެ.

https://wamco.com.mv/

މި ޕްރޮމޯޝަންގައި ހަމައެކަނި ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ 18 ޖަނަވަރީ އިން 15 އެޕްރިލް 2026 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަސްޓަމަރުން ރަޖިސްޓަރވާން ޖެހެއެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000 ރުފިޔާ ބީއެމްއެލް ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު (ޕާސަނަލް ކާޑުތައް) މެދުވެރިކޮށް ހޭދަކުރުމުން ގުރުއަތުގައި ހިމެނޭނެއެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ އަދަދުގެ އިތުރުން، ކަސްޓަމަރުން 15،000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށާއި އެ ފަރާތަކުން އިޚުތިޔާރުކުރާ މީހަކާއެކު ފީފާ ވޯލްޑްކަޕް ފައިނަލް މެޗް ބަލާލަން ދިއުމަށް ފްލައިޓް ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދުގެ އިތުރުން ފައިނަލް މެޗްގެ ދެ ޓިކެޓް ލިބޭނެއެވެ.

ބީއެމްއެލްއިން އަންނަނީ ވިސާ ކްލެސިކް، ގޯލްޑް، ޕްލެޓިނަމްގެ އިތުރުން ދާދި ފަހުން ތައާރަފްކުރި ވިސާ އިންފިނިޓް ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް، ޕްލެޓިނަމް ޑެބިޓް ކާޑުވެސް ދޫކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay