
އެކްސްސެސައިޒް ދޯސްތީގެ ތަމްރީނުތައް ކުރިއަށް ގެންދަނީ: ފޮޓޯ އެމްއެންޑީއެފް
އެކްސަސައިޒް ދޯސްތީ: ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ރިޟްވާން މޫސާ - 18 ޖެނުއަރީ 2026 - 13:35
އެކްސަސައިޒް ދޯސްތީގެ ނަމަުގައި ރާއްޖޭގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުގައި ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް މިއަދު ކުރިއަށްގެންގޮސްފި އެވެ.
މި ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
"އެކްސަސައިޒް ދޯސްތީ"ގެ ތެރެއިން ކަނޑުމަތީގައި ކުރިއަށްދިޔަ ތަމްރީނުތަކާ ގުޅޭގޮތުން ކޯސްޓްގާޑް ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މި ހަރަކާތްތަކުގެ ތެރެއިން ކޯސްޓްގާޑުގެ ފަރިތަކުރުންތަކާއި ގުޅޭ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށެވެ.
މިގޮތުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށްގެން ހިންގުނު ސާޗް އެންޑް ރެސްކިއު ޑްރިލްތަކާއި، ކަނޑައް ތެލާއި ކެމިކަލް ފަދަ ތެކެތި އެޅުމުން އަޅާނެ ފިޔަވަޅުތަކުގެ އިތުރުން މެރިޓައިމް ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ތަމްރީނުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ކަނޑުމަތީގައި ކުރިއަށްދިޔަ މި ހަރަކާތްތަކުގައި ތިން ޤައުމެއްގެ ކޯސްޓުގާޑު އުޅަނދުތަކާއި، ހެލިކޮޕްޓަރުގެ އިތުރުން ޑޯނިއާ މަތިންދާބޯޓު ފަދަ ވަސީލަތްތައް ވަނީ ބޭނުންކޮށްފައެވެ. މި ތަމްރީނުތަކުގައި ކަނޑުމަތީގެ އެކި ކާރިސާތަކާ ކުރިމަތިލާނެ ގޮތާއި، އެފަދަ ހާލަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ގޮތްތައް ވަނީ ދައްކާލާފައެވެ.
މި އެކްސަސައިޒްގައި އިންޑިއާ ކޯސްޓުގާޑުގެ ތިން ވަސީލަތެއް ކަމަށްވާ އައިސީޖީ ޑޯނިއާ، އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން ސްރީލަންކާ ކޯސްޓުގާޑުގެ މަނަވަރު އެސްއެލްއެންއެސް ސުރަނިމިލާ އާއި ދިވެހިރާއްޖޭގެ ކޯސްޓުގާޑުގެ އުޅަނދުތައްވެސް މި ތަމްރީނުތަކުގައި އަމަލީގޮތުން ބައިވެރިވިއެވެ.
މި ތަމުރީނަކީ، ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓަރ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަޤުޞަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ޙަރަކާތެކެވެ.
މި ތަމްރީނުތަކުގައި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން އަންނަނީ ބައިވެރި ވަމުންނެވެ.
މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ތަކުގައި ކަނޑުމަތީގެ ޙާދިޘާތަކުގައި ޙާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަޙައްދުގެ ސަވައިލެންސް އަދި މުވާޞަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ "މާޕޯލް" ތަމުރީނުތައް ހިމެނެއެވެ. މި ޙަރަކާތްތަކަކީ ބައިވެރިވާ ކޯސްޓްގާޑްތަކުގެ ތައްޔާރީ ޙާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އެކްސަރސައިޒެކެވެ.
މި އަހަރުގެ "ދޯސްތީ" ޙަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ "ޖޮއިންޓް ޓްރެއިނިންގ" ތަކާއި "މެރިޓައިމް އިންފޮމޭޝަން" ޝެއަރކުރުމުގެ ތަމުރީނުތަކެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި
2 ގަޑިއިރު ކުރިން

ވޯލްޑްކަޕް 26 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
2 ގަޑިއިރު ކުރިން

" ދަތުރުވެރިޔާ" އަސްލުޓީވީ ގުރުއާން މުބާރާތުގެ މުއްދަތު އިތުރުކޮށްފި
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް
3 ގަޑިއިރު ކުރިން


