
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި

އައިޝަތު އިނާޝާ - 18 ޖެނުއަރީ 2026 - 14:19
ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ތ. ތިމަރަފުށި / ކަށިމާގެ، އުމުރުން 33 އަހަރުގެ މުޙައްމަދު ޙައްސާން އެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނީ މުޙައްމަދު ޙައްސާން ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.
ޙައްސާން ހޯދަމުން ދަނީ މި މައްސަލައިގެ ތުހުމަތުގައި ތަހުގީގުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ. އިއުލާނުގައި ބުނެފައިވަނީ 2026 ޖަނަވަރީ 22 ވަނަ ދުވަހުގެ 14:00އަށް، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް އޭނާ ހާޒިރު ވުމަށް އަންގާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑްކަޕް 26 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
2 ގަޑިއިރު ކުރިން

އެކްސަސައިޒް ދޯސްތީ: ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި
2 ގަޑިއިރު ކުރިން

" ދަތުރުވެރިޔާ" އަސްލުޓީވީ ގުރުއާން މުބާރާތުގެ މުއްދަތު އިތުރުކޮށްފި
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް
3 ގަޑިއިރު ކުރިން


