logo

މާވަށު ކަރަންޓް ޚިދުމަތް ރަނގަޅުކުރަން 800 ވޯޓްގެ ޖަނެރޭޓަރެއް ބެހައްޓަނީ

profile

އައިޝަތު އިބްރާހިމް - 06 އޭޕްރީލު 2025 - 07:54

ލ. މާވަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް، އެރަށަށް 800 ކިލޯ ވޮޓުގެ އައު އިންޖީނެއް ގެންގޮސްފިއެވެ.

https://wamco.com.mv/

މާވަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން ބުނެފައިވާގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް އައު އިންޖީނެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މާވަށަށް ގެންދިޔައީ 800 ކިލޯ ވޮޓުގެ އިންޖީނެއް ކަމަށާއި މިހާރު އެ އިންޖީނު އިންސްޓޯލް ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ އެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ. އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޚިދުމަތަށް ދޫކުރެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންނެވެ. އެ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށް ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

https://wamco.com.mv/
https://www.aslu.com.mv