
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު —
ރައީސް ސޯލިހުގެ 5ވަނަ ރިޔާސީ ބަޔާން މާދަމާ އިއްވާނެ

އަހުމަދު ޔައީޝް - 05 ފެބްރުއަރީ 2023 - 09:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2023 ވަނަ އަހަރަށް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާދަމާ ހެނދުނު 09:00 އަށް ތާވަލުކޮށްފިއެވެ.
ކޮންމެ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގައި އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއް ރިޔާސީ ބަޔާން އިއްވާނެއެވެ. އެގޮތުން މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރައްޔިޔުންގެ މަޖިލީހުގައި، 6 ފެބުރުއަރީ 2023ވާ ހޯމަ ދުވަހުގެ ހެނދުނުއެވެ.
ރިޔާސީ ބަޔާނުގައި ސަރުކާރުން އެ އަހަރަކަށް ރާވާ ހިންގާނެ ކަންކަމާއި ސަރުކާރުގެ ސިޔާސަތުތައް ހުންނާނެ ގޮތް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބަޔާންކޮށްދޭނެއެވެ.
ރިޔާސީ ބަޔާން އިއްވުމަށްފަހު، ރިޔާސީ ބަޔާނަށް އިދިކޮޅު ޕާލިމަންޓަރީ ލީޑަރުގެ ވާހަކަ ދެއްކުން އެހެން ޖަލްސާއަކަށް ތާވަލުކުރާނެއެވެ.
މިއީ ދައުލަތުގެ ޗެކު އެންޑް ބެލެންސް ހިފެހެއްޓުމަށް ކުރަމުން އަންނަ ޤާނޫނު ލާޒިމުކުރާ ކަމެކެވެ.
ރައީސް ސޯލިހު މާދަމާ ދެއްވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނުގެ ފަސްވަނަ ރިޔާސީ ބަޔާނެއެވެ. އަދި މި ދައުރުގައި އެ މަނިކުފާނު ދެއްވާނެ ފަހު ރިޔާސީ ބަޔާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެސްއޯއީތަކާއި ޕީސީބީ އިން ހިއްސާކޮށްފި
6 ގަޑިއިރު ކުރިން

ސިއްހީ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްފި
6 ގަޑިއިރު ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
21 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
ދުވަހެއް ކުރިން


.gif&w=3840&q=75)