
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ފެއްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެތެރެއިން
ފުރޮޅުލީ ގޮނޑީގައި އުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދޭނަން: ރައީސް

ރިޟްވާން މޫސާ - 14 އޯގަސްޓު 2026 - 10:43
ފުރޮޅުލީ ގޮނޑީގައި ތިއްބަވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ފެއްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކާއެކު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ އަޑުއަހައި، އޮންނަ އުސޫލުގެ ދަށުން ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
ރައީސްއާ ބައްދަލުކުރި ނުކުޅެދުންތެރިކަން ހުންނަ މީހަކު ވަނީ ފުރޮޅުލީ ގޮނޑީގައި މިސްކިތްތަކަަށް ވަންނަން އުޅުމުން ދިމާވި ދަތިތައް ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި ގޮނޑީ އުޅޭއިރު ދިމާވާ އެެެހެން ދަތިތަކާއި އެންސްޕާގެ އެހީގައި ދޫކުރާ ގޮނޑީގެ ފެންވަރު ރަނގަޅު ނުވުމުގެ މައްސަލަވެސް ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އޭނާ ފާހަގަކުރީ މުހިއްމު ކަންތައްތަކެއް ކަމަށާއި އެ ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮންމެ ކަމެއްވެސް ހިއްސާކުރުމަށާއި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލަފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނަށް ވަގުތުވީ މިންވަރަކުން ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުޞަތު ދެމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮންމެ ކަމެއްވެސް ހިއްސާކުރުމަށާއި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލަފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނަށް ވަގުތުވީ މިންވަރަކުން ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުޞަތު ދެމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންނަށް ފިއްލަވަން ނޫޅުއްވާ! އެމްޑީޕީން އަޑު އުފުލާނަން: ސިއްޕެ
5 ގަޑިއިރު ކުރިން

ކޮލަމްބިއާގެ ބިންހެލުން: އިމާރާތްތަކުގެ ދަށުގައިވާ މީހުން ހޯދުމުގެ އުންމީދު ފަނޑުވަނީ
5 ގަޑިއިރު ކުރިން

އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ: ރައީސް
5 ގަޑިއިރު ކުރިން

ޤައުމީ ދުވަސް: އުތީމު މަހާރަދުންގެ މަތިވެރި ޖިހާދާއި ގައުމީ ސަލާމަތުގެ ރަމްޒު
6 ގަޑިއިރު ކުރިން


