
ހާފިޡުން އުމްރާއަށް ފޮނުވުމުގެ މަޝްރޫޢުގެ ދަށުން އިތުރު ޙާފިޡަކަށް ފުރުސަތު ދީފި

މުހައްމަދު ހަފީޒް - 02 ޑިސެމްބަރު 2024 - 10:51
ހާފިޡުން އުމްރާއަށް ފޮނުވުމަށް ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން އިތުރު ހާފިޡަކަށް އިސްލާމިކް މިނިސްޓްރީ ފުރުސަތު ދެއްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް 5 ޙާފިޡުންނަށް ފުރުސަތު ދީފައިވާއިރު،، 5 ވަނަ ފުރުސަތު ދީފައިވަނީ އަލްޙާފިޡާ ޝަބީނާ އާދަމް،(އަސްވާޑް، ގއ. ދެއްވަދޫ) އަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ފުރުސަތު ދީފައިވަނީ އަލްޙާފިޡް އަލީ ރައީފްއަށާއި، އަލްޙާފިޡް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލްޙާފިޡް އަޛިން މުޙައްމަދު އަދި އަލްޙާފިޡާ ސަޚިއްޔާ އަބްދުލްޢަނީ އަށް ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެއެވެ. ޙާފިޡުންނަށް ޢުމްރާ ދަތުރު ދެމުން ގެންދަނީ ދީލަތި ފަރާތްތަކުން ލިބޭ އެހީތެރިކަމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.
ޤުރުއާން ހިތުދަސް ކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފައްޓަން ހަމަޖެހިފައިވާކަން ވަޒީރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގުރުއާން ހިތުދަސްކުރާ ޙާފިޡުން އުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިިނިސްޓަރި ވިދާޅުވީ ގުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ޙިފްޡުކުރާ ކުދީން އުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި ކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން ، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ހާއްސަ އިމާރާތެއް އެޅުމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ގައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ގުރުއާން މުބާރާތަށް ހައްދަވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގާނޫނާއި އެއްގޮތަށް އަމަލުކުރަން ބޭރުގެ 8 ކުންފުންޏަކުން ގުޅައިފި: ސައީދު
4 ގަޑިއިރު ކުރިން

ސަރުކާރުން 8 ސިވިލް އިންޖިނިއަރުން ހޯދަނީ
6 ގަޑިއިރު ކުރިން
ރަސްމާލޭގައި ހިންގަން ނިންމާފައިވާ 20 ބިލިޔަން ޑޮލަރުގެ މަޝްރޫއުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރެވޭނެ: ފިނޭންސް މިނިސްޓަރ
6 ގަޑިއިރު ކުރިން

ބޭރުގެ ޓްއަރ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން އުޅުމުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އަތުވެދާނެ: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން


