logo

ކުރީގެ މެމްބަރު ޔާމީން ރަޝީދަށް އަލަތު ދަރިފުޅު ލިބިއްޖެ!

profile

އަހުމަދު ޒަލީފު - 03 ޖޫން 2023 - 18:24

ޔާމީން ، އަނބިކަނބަލުންނާއެކު

ޔާމީން ، އަނބިކަނބަލުންނާއެކު

އަސްލު ނޫހުގެ ޗީފް އެޑިޓަރ، އަދި ކުރީގެ މެމްބަރު ޔާމީން ރަޝީދަށް ފިރިހެން ދަރިފުޅު ލިބިއްޖެއެވެ.

މި ދަރިފުޅު ވިހާފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

އަސްލު ނޫހުގެ ޗީފް އެޑިޓަރުގެ އިތުރުން ޔާމީން އަކީ ސިޔާސީ ދާއިރާގައިވެސް ފުންނާބު އުސް ބޭފުޅެކެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވަނީ ޔާމީންއެވެ.

ޔާމީންގެ އަަލަތު ދަރިފުޅު މިއަދު ލިބިފައިވާއިރު، އަންހެނުންގެ ހާލުވެސް ރަނގަަޅެވެ.

އަސްލު ނޫހުގެ މުޅި މެނޭޖްމަންޓްގެ ފަރާތުން ޔާމީން ރަޝީދަަށް މަރުޙަބާ ކިޔަމެވެ. އަދި ދަރިފުޅަށް އުފާވެރި މުސްތަޤުބަލަކަށް އެދެމެވެ.

tel:+9607331319