logo

މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 15 މާރިޗު 2026 - 15:49

ކ. މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި އެވެ.

https://wamco.com.mv/

މާފުށީގެ ޞިއްޙީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާޙު ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޤާސިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވީ، މިރަށުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރެވިގެން ދިއުމަކީ މިރަށުގެ ޞިއްޙީ ދާއިރާއަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށެވެ. އަދި މާފުއްޓަކީ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާ ރަށަކަށް ވުމާއެކު، މި ހިދުމަތް ތައާރަފް ކުރުމުގެ ފަސޭހަކަމާއެކު އެ ރަށުން ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

މާފުށީ ސިއްހީ މަރުކަޒު ސިއްހީ މަރުކަޒަކަށް ބަދަލު ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް އޭރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރީ ހޮސްޕިޓަލަކުން ލިބެން ޖެހޭ ގިނަ ހިދުމަތްތައް ގާއިމް ނުކޮށެވެ.


https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk