logo
ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާ

ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާ

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

profile

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 12:45

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުން ޙަރަކާތްތެރިވެ ނިއްވާލައިފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު ގާތްގަނޑަކަށް 03:43 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބުނީ ރޭ 03:43 ހާއިރު ކަމަށާއި، ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފަޔާ ފައިޓަރުން އެޓެންޑްވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ ހަތަރު ދޯއްޏެއްގައި ރޯވެ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެރަށު އައިސް ޕްލާންޓުގައި ރޯވެ އެތަން އެއްކޮށް އަދައި ހުލިވެފަ އެވެ. މި ހާދިސާގައި ބަނގުލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކު ވަރަށް ބޮޑަށް ފިހިގެން މިވަގުތު ވެންޓިލޭޓަރުގައި ބާއްވައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މީގެ އިތުރުން ދާދި ފަހަކުން ވަނީ އދ. ދަނގެތީގައި ވެސް ހިތާމަވެރި އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. މި ހާދިސާގައި ވަނީ ބަނގުލަދޭޝް އަށް ނިސްބަތްވާ ފަސް މީހަކު ވަނީ ނިޔާވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk