
ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް ޓަރމިނަލް 2 އަށް ޓްރާންސްފަރކުރުމުން ވަރަށް ބޮޑު ފަސޭހައެއް!

ރިޟްވާން މޫސާ - 24 ޖޫން 2026 - 11:48
ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ޙިދުމަތްތައް ފުޅާކުރުމަށް ކުރެވުނު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޑޮމިސްޓިކް ޓާރމިނަލްގެ އޮޕަރޭޝަން ޓަރމިނަލް 2 އަށް ބަދަލުކުރުން ކަމަށް މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފަ އެވެ.
ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓަކީ އެއްފަހަރާ ވަރަށް ގިނަ ފަރާތްތަކަށް ޙިދުމަތްތައް ފޯރުކޮށްދެމުން އަންނަ ފަރާތަކަށްވާއިރު އެމްއޭސީއެލް އިން މި ޙިދުމަތް ދިނުމުގައި ދުވަހެއް ދުވަހަކަށް ވަނީ ކުރިއެރުން ހޯދާފަ އެވެ. އެގޮތުން އެއާޕޯޓުގެ ޙިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ ޖާގަ އާއި ޙިދުމަތުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތަކީ އެމްއެސީއެލް އިން ކޮންމެ ދުވަހަކު ޔަގީން ކުރައްވާ ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެ އެވެ.

ވީ.އައި.އޭ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ އެތެރޭގެ އުދުހުންތަކަށް ޚާއްޞަ އެއާޕޯޓްތައް ބަލަހައްޓައި ހިންގަނީ އެމް.އޭ.ސީ.އެލް އިންނެވެ. ވެލާނާ އެއާޕޯޓުގައި ހުންނަ ޑޮމެސްޓިކް ޓާމިނަލަކީ މި ވިއުގަޔާ ގުޅިފައިވާ، ރާއްޖޭގެ އަތޮޅުތަކުގެ މެދުގައި ކުރެވޭ އެތެރޭގެ ދަތުރުފަތުރުތައް ބެލެހެއްޓުމުގެ މައި މަރުކަޒެވެ.
ޑޮމެސްޓިކް ޓާމިނަލް ގާއިމުވެފައިވަނީ މާލެ ކައިރީގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގައެވެ. މި ތަނަކީ ރާއްޖޭގެ އެކި ރިސޯޓްތަކަށާއި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރާ އެތެރޭގެ އުދުހުންތަކުގެ އިތުރުން، ސީޕްލޭން އަދި ހެލިކޮޕްޓަރުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންވާ ކަނެކްޓިންގ ފްލައިޓްތަކުގެ މައިގަނޑު މަރުކަޒެވެ.

މި ޓާމިނަލުން މައިގަނޑު ގޮތެއްގައި ޚިދުމަތް ހޯދާ އެއާލައިންތަކުގެ ތެރޭގައި މޯލްޑިވިއަން (އައިލެންޑް އޭވިއޭޝަން ސަރވިސަސް)، ފްލައިމީ އަދި މަންތާ އެއާގެ އިތުރުން ސަރަހައްދީ އެހެނިހެން އޮޕަރޭޓަރުން ހިމެނެއެވެ. ދަތުރުތައް ރޭވިފައިވާ ގޮތާއި ދަތުރުތަކުގެ އަދަދު މޫސުމަށް އަންނަ ބަދަލުތަކާ އެކު ތަފާތުވެއެވެ.
ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ވަސީލަތްތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކަށް ޚާއްޞަ ޗެކް-އިން ކައުންޓަރުތަކާއި، ފުރާ އަދި އަންނަ ފަސިންޖަރުންނަށް ޚާއްޞަ ސަރަޙައްދުތައް ހިމެނެ އެވެ. ސެކިއުރިޓީ ބަލައި ފާސްކުރުމުގެ އިންތިޒާމާއި، ބޭނުންވާ ޙާލަތްތަކުގައި އިމިގްރޭޝަންގެ ކަންކަން ފުރިހަމަކުރުމުގައި ހަރަކާތްތެރިވާއިރު ސެކިއުރިޓީ އަދި އިމިގްރޭޝަންގެ ދައުރުގައި ސެކިއުރިޓީ ބަލައި ފާސްކުރުމުގެ އިންތިޒާމާއި، ބޭނުންވާ ޙާލަތްތަކުގައި އިމިގްރޭޝަންގެ ކަންކަން ފުރިހަމަކުރުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

އެމްއޭސީއެލް އިން މި ޙިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ވަނީ އެތަކެއް މަސައްކަތަތަކެއް ކުރައްވާފަ އެވެ. އެކުންފުނިން ފާހަގަކުރައްވާ ގޮތުގައި މިފަދަ ޙިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ކޮލެޓީ ޙިދުމަތްތަކެއް ފޯރުކޮށްދެވެނީ ކުންފުނީގެ މުއައްޒަފުންގެ ހުނަރާއި ގާބިލިއްޔަތުކަމުގެ ސަބަބުންނާއި، ކުންފުނިން މުއައްޒަފުންނަށް ފޯރުކޮށްދެމުން އަންނަ އަގުހުރި ޙިދުމަތްތަކާވެސް އެކުގަ އެވެ.
މީގެ ކުރިން ޑޮމެސްޓިކް ޓާރމިނަލް ގައި ނުވަތަ އެތެރޭގެ އުދުހުންތަކުގެ ޙިދުމަތްތައ ްފޯރުކޮށްދިނުމުގައި ބޭނުންކުރަނީ ޖުމްލަ 8 ކައުންޓަރެވެ. ނަމަވެސް މި ޙިދުތައް ޒަމާނީ ފެންވަރަށް ފުޅާވެ މިހާރު ޙިދުމަތްތައް ދިނުމުގައި ޖުމްލަ 27 ކައުންޓަރެއް ވަނީ ބެހެއްޓިފަ އެވެ. ސެކިއުރިޓީ އެކްސްރޭ މެޝިންގެ ގޮތުގައި 3 މެޝިން ބަހައްޓާފައިވާއިރު ކުރިން ޑޮމެސްޓިކް ޓާރމިނަލް ގައި ބޭނުންކުރި ބެގޭޖް ބެލްޓް ތައް ވަނީ ކުރިން ހުރި ވަރަށް ވުރެ 4 ގުނަ ބޮޑުކޮށް އިންސްޓޯލްކޮށްފަ އެވެ.

މީގެ އިތުރުން ކެއިންބުއިމަށް ހާއްސަ ޖަގަހަ ތަކުގެ ތެރޭގައި ތަފާތު ވަށްތަރުގެ ރަހަތަށް ހިމެނޭ ގޮތަށް ޖަގަހަ ތަކެއްވެސް ވަނީ ތަރައްގީ ކުރެވިފަ އެވެ. ވެއިންޓިން އޭރިއާ ނުވަތަ މަޑުކޮށްލައިގެން ތިބޭ ސަރަހައްދުގައި ކާބޯތަކެއްޗާއި ވިޔަފާރިކުރާ ކުދި ފިހާރަތައް ހުރެ އެވެ.
މީގެ އިތުރުން އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތްތައް ޓެކްސީ، ފެރީ، އަދި މާލެއަށާއި ކައިރި ރަށްރަށަށް ދަތުރުކުރާ ލޯންޗް ފަދަ ވަސީލަތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާއިރު ސީޕްލޭން އަދި ހެލިކޮޕްޓަރުގެ ޚިދުމަތްތަކަށާއި، ސީޕްލޭން ޓާމިނަލާ ގުޅުވައިދޭ ޓްރާންސްފާގެ އިންތިޒާމުތަކާއި، ރިސޯޓްތަކަށް ދަތުރުކުރުމަށް ބޭނުންވާ ހެލިކޮޕްޓަރުގެ ޚިދުމަތްތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މިތަނަކީ ގިނަ އަދަދެއްގެ ޓާބޯޕްރޮޕް ބޯޓުތަކާއި ސީޕްލޭންތަކަށް ފަސޭހަކަމާއެކު ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަދި އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާ މިންވަރަށާއި، ފަތުރުވެރިކަމުގެ ހައި-ސީޒަންގައި އިތުރުވާ ފަސިންޖަރުންނަށް އެކަށޭނަ ޚިދުމަތް ދެވޭނެހެން މިތަނުގެ ޖާގައާއި ވަސީލަތްތައް ވަނީ ތަރައްޤީކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި
7 ގަޑިއިރު ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
ދުވަހެއް ކުރިން

ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ މަސައްކަތް ވަރަށް ކާމިޔާބު !
ދުވަހެއް ކުރިން

ސިނގިރޭޓު އަގުހެޔޮކުރުމާ ބެހޭގޮތުންކުރި ސުވާލަށް މިނިސްޓަރ ގީލާ ޖަވާބެއް ނުދެއްވި
ދުވަހެއް ކުރިން


.gif&w=3840&q=75)