logo
ރައީސް ނަޝީދު މީކާއީލް އަޙްމަދު ނަސީމާއި ބައްދަލުކުރައްވަނީ: ފޮޓޯ ސޯޝަލް މީޑިޔާ

ރައީސް ނަޝީދު މީކާއީލް އަޙްމަދު ނަސީމާއި ބައްދަލުކުރައްވަނީ: ފޮޓޯ ސޯޝަލް މީޑިޔާ

ޗެއާޕާސަން އިންތިޙާބަށް ފަހު ރައީސް ނަޝީދު މީކާއީލް އާ ބައްދަލުކުރައްވައިފި

profile

ރިޟްވާން މޫސާ - 15 ޖޫން 2026 - 07:59

އެމްޑީޕީގެ ޗެއާޕާސަންކަމާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިންތިޚާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާ ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި މިދިޔަ ހުކުރު ދުވަހު ވޯޓުލީ ޗެއާޕާސަން އިންތިޙާބުގައި ރައީސް ނަޝީދު ވަނީ ބޮޑު ތަފާތަކުން އިންތިޙާބު ކާމިޔާބު ކުރައްވާފަ އެވެ. މި އިންތިޙާބުގައި މީކާއީލް އަޙްމަދު ނަސީމަށް ލިބިވަޑައިގެންނެވީ ޖުމްލަ 9462 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 21,301 ވޯޓެވެ.

މިއަދުގެ ބައްދަލުވުމުގައި ނަޝީދު ވަނީ މީކާއިލް ކުރެއްވި މަސައްކަތަށް ސާބަސް ދެއްވާފައެވެ. ނަޝީދު ވިދާޅުވީ މީކާއިލް ވަރަށް ރަނގަޅު މަސައްކަތެއް ކުރައްވާފައިވާ ކަމަށާއި، ކެމްޕެއިންގައި ވަރަށް ރަނގަޅު "ފައިޓެއް" ދެއްވި ކަމަށެވެ. އިންތިޚާބުވުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގައި ވެސް ނަޝީދު ވަނީ މީކާއިލްގެ ހިތްވަރު ފާހަގަކުރައްވައި، ޒުވާނުން އެކަމުން މިސާލު ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބަށް ފަހު މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނަޝީދަށް ފޯނުން ގުޅުއްވައި މަރުޙަބާ ދެންނެވި ކަމަށެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާ ވެސް ބައްދަލުކުރައްވާފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވެސް ބައްދަލުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk