
ޕެންޝަން އޮފީސް
ޕެންޝަން ބޯޑުން މުނާ އާއި ޔާމީން ވަކިކޮށްފި

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 12:19
ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ދާއިރާ ތާމްސީލްކުރާ ދެ މެމްބަރުން ކަމަށްވާ ޔާމީން އިދުރީސް އައި ފާތިމަތު މުނާ އެ ބޯޑުގެ މެމްބަރުކަމުން ވަކިކޮށްފިއެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ރަސްމީ ވެބްސައިޓުގައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އެ އޮފީހުގެ ބޯޑަށް ޢައްޔަނުކުރެއްވި ޔާމީން އެ މަގާމުން ވަކިކުރައްވާފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ޖުލައި މަހުގެ 21 ގައި ޢައްޔަނުކުރެއްވި މުނާ މަޤާމުން ވަކިކުރެއްވީ ނޮވެމްބަރު މަހުގެ 25 ގައެވެ. އެހެންކަމުން، 3 އަހަރުގެ ދައުރަކަށް ޢައްޔަނުކުރި މި ދެ ބޭފުޅުންނަށްވެސް ބޯޑުގައި ހިދުމަތް ކުރެއްވުނީ ގާތްގަނޑަކަށް 4 މަސްދުވަހުގެ ކުރު މުއްދަތެއްގައެވެ.
ބޯޑު މެންބަރުން ކަމަށްވާ ޔާމީން އަދި މުނާގެ އިތުރުން، އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސީއޯއޯގެ މަގާމުގައި ހުންނެވި މަރިޔަމް ޝިޢުނާވެސް ވަނީ ދާދި ފަހުން އެމަގާމުން ވަކިކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ތެރޭގައި އެންމެ ބޮޑު މައްސަލަތަކެއް އުފެދިގެންދިޔައީ، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީބިލް) އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، ސަރުކާރުގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅިގެންނެވެ.
މި މުއާމަލާތާ ދެކޮޅުހައްދަވައި، އޭރުގެ ޗެއާމަން އަހްމަދު އިނާޒާއި، ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯ ސުޖާތާ ޙަލީމް އަދި ޗީފް ފައިނޭންޝަލް އޮފިސަރ (ސީ.އެފް.އޯ) ހައްވާ ފަޖުވާ ވަނީ އިސްތިޢުފާ ދެއްވާފައެވެ.
މީގެއިތުރުން، ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި އަޙްމަދު ސަރުވަޝް އަދި މުޙައްމަދު މާދިން ލަތީފް ވެސް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
މި އިސްތިޢުފާތަކާ ގުޅިގެން ހުސްވި މަޤާމުތަކަށް ސަރުކާރުން މިހާރު ވަނީ އައު ބޭފުޅުން ޢައްޔަނުކުރައްވާފައެވެ. އެގޮތުން، ޕެންޝަން އޮފީހުގެ ސީއީއޯ ގެ މަގާމަށް މި ސަރުކާރުން ހަމަޖައްސަވާފައިވަނީ ޔަޒްމީދު މުހައްމަދެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ދ ރިނބިދޫ އަށް ވަޑައިގެންފި
ގަޑިއިރެއް ކުރިން

ރަސްމާލެ މައްސަލައިގައި ރެފަރެންޑަމަކަށް ނުދާން އުޅެނީ ބަލިވާނެކަން އެނގޭތީ: ފައްޔާޒް
ގަޑިއިރެއް ކުރިން

މޫދުކުޅިވަރުގެ އައު ގަވާއިދާއެކު، ފަތަން އެނގޭ މިންވަރު ދެނެގަތުން ލާޒިމުކޮށްފި
ގަޑިއިރެއް ކުރިން

ރަތްމަޑި ފެނިގެން އައްޑޫއިން ރުއް ބޭރުކުރުން މަނާކޮށްފި
2 ގަޑިއިރު ކުރިން


