logo
ޝަމްހާ އަހުމަދު

ޝަމްހާ އަހުމަދު

ޝަމްހާ، 10،000 މީޓަރުގެ ގައުމީ ރެކޯޑް އައުކޮށްފި

profile

ހަސަން ޝަމްއޫން - 10 އޯގަސްޓު 2025 - 07:50

ތަޖުރިބާކާރު ދުވުންތެރިޔާ، ޝަމްހާ އަހުމަދު، ރާއްޖޭގެ 10,000 މީޓަރު ދުވުމުގެ އަންހެން ގައުމީ ރެކޯޑް އާ ކޮށްފި އެވެ.

https://wamco.com.mv/

އުމުރުން 43 އަހަރުގެ ޝަމްހާ، މި ރެކޯޑް އާ ކުރީ، ޖަރުމަނުގެ ހެމްބާގުގައި ކުރިއަށްދިޔަ، ނައިޓް އޮފް ދި ޓެންސް 2025ގައި ވާދަކޮށް 40 މިިނިޓް 41.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން މި އިވެންޓްގެ ރެކޯޑް އޮތީ، މަރިޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ މި ރެކޯޑް ހަދާފައިވަނީ މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. ސައުތު އޭޝިއަން ގޭމްސްގައި މަރީ އެ ރެކޯޑް ހެދީ، 42 މިނިޓް 08.62 ސިކުންތުން ދުވެގެންނެވެ.

ޝަމްހާ ވަނީ މިދިޔަ އަހަރު، ރާއްޖޭގެ އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، އެއްމަސް ދުވަސް ތެރޭ ދެ ވަނަ ފަހަރަށް މުގުރާލައިފަ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު، 18 ވަނަ ދުވަހު، ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ޝަމްހާ، 5000 މީޓަރުގެ ރޭސް ނިންމާފައިވަނީ 19 މިނިޓް، 42.45 ސިކުންތުންނެވެ. އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ޖަރުމަންގެ ވަސެންބަގްގައި ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެންޕިއަންޝިޕްގައި ވާދަކޮށް ޝަމްހާ ވަނީ އެ ރެކޯޑް އަނެއްކާ ވެސް އައު ކޮށްފަ އެވެ. ޝަމްހާ، މި ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ، 19 މިނިޓް، 41.86 ސިކުންތެވެ.

https://wamco.com.mv/
https://www.aslu.com.mv