logo

އިސްރާއީލު ސިފައިން ނަފްސާނީވެއްޖެ، ޔަމަނުން މިސައިލެއް އުދުއްސާލުމުންވެސް އީރާނުގެ މިސައިލެއް ކަމަށްބުނެ އެންމެން ފިލައިފި

profile

ސައިފް އަޒުހަރު - 23 ޖޫން 2025 - 05:19

ޔަމަނުގެ ހޫޘީން އިސްރާއީލަށް އަމާޒުކޮށް މިސައިލެއް ފޮނުވާލުމުންވެސް، އިސްރާއީލު އަސްކަރިއްޔާގެ ހޯމް ފްރަންޓް ކޮމާންޑުން ހީކުރީ އީރާނުން އަންނަ މިސައިލެއް ކަމަށެވެ.

https://wamco.com.mv/

އެހެންވެ، އީރާނުގެ މިސައިލް ހަމަލާއެއް އަންނަ ކަމުގެ ޚަބަރުދީ، ނުރައްކާ އަންނަކަމުގެ އިންޒާރު މުޅި އިސްރާއީލުގައި ޖަހަންފެށިއެވެ. އަދި އެތައް މިލިއަން ޒަޔަނިސްޓުން ބިރުން ބިންގަރާސްތަކަށް ވަދެ ފިލިއެވެ.

އީރާނުގެ ފާރސް ނޫސް އޭޖެންސީން ބުނެފައިވަނީ، އެ މިސައިލަކީ އީރާނުން އުދުއްސާލި މިސައިލެއް ނޫން ކަމަށާއި، އެއީ ޔަމަނުގެ ހޫޘީން ފޮނުވާލި މިސައިލެއް ކަމަށެވެ.

އިސްރާއީލާ ދެކޮޅަށް އީރާނުގެ އައިއާރްޖީސީން ފަށާފައިވާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް3" ގެ 21 ވަނަ ރާޅުގެ ހަމަލާތައް އީރާނުން މިއަދު އަދި ނުފަށާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލާ ދިމާއަށް އައި މިސައިލް ވައްޓާލިކަން އިސްރާއީލު އަސްކަރިއްޔާއިން ބުނެފައި ވާއިރު، އިސްރާއީލުގެ ދެކުނުން އީލާތާ ދިމާއަށް އައި ޑްރޯންއެއްވެސް ވައްޓާލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފައި ވެއެވެ. ނަމަވެސް، އެއީ ކޮންތާކުން އައި ޑްރޯންއެއް ކަމެއް ބުނެފައެއް ނުވެއެވެ.

އީރާނުން އިސްރާއީލަށް މިއަދު ހަމަލާތައް ދޭން އަދި ފަށާފައި ނުވާއިރު، އިސްރާއީލުން ގެންދަނީ ރެއިން ފެށިގެން އީރާނުގެ އެކި ތަންތަނަށް ވައިގެ ހަމަލާތައް ދެމުންނެވެ.

މިހާރުވެސް އީރާނުގެ ކަރްމަންޝާހް ޕްރޮވިންސްގެ އަސްކަރީ ތަންތަނަށް ބޮންއަޅަމުން އެބަ ގެންދެއެވެ.

އަދި އިސްރާއީލުގެ ހަމަލާތައް ހުއްޓުވަން އީރާނުގެ އެއަރ ޑިފެންސުން ގެންދަނީ ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ އަސްކަރީ ޑްރޯންއެއްވެސް އީރާނު ސިފައިން ހަމަލާދީ ވައްޓާލާފައި ވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay