logo

ޣައްޒާ ރައްޔިތުންގެ ހައްގުގައި އިސްރާއީލުގެ 10 ގައިދީން މިނިވަންކުރަން ނިންމައިފިން: ހަމާސް

profile

ސައިފް އަޒުހަރު - 09 ޖުލައި 2025 - 19:09

ޣައްޒާގެ ރައްޔިތުންގެ ދިރިތިބުމަށްޓަކައި އިސްރާއީލުގެ 10 ގައިދީން މިނިވަންކުރަން ތައްޔާރަށް ތިބިކަން ހަމާސްއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ތާހިރު އަލް ނޫނު ވިދާޅުވީ، އިސްރާއީލުގެ 10 ގައިދީން މިނިވަންކުރަން ހަމާސްއިން ނިންމީ، ޣައްޒާގެ ރައްޔިތުންގެ ދިރިތިބުމާއި، ސަލާމަތަށްޓަކައި ކަމަށެވެ.

އިސްރާއީލުގެ 10 ގައިދީން މިނިވަން ކުރަނީ، ޣައްޒާގެ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ އިންސާނީ އެހީ އެތެރެކުރުން ކަށަވަރުކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ތާހިރު އަލް ނޫނު ވިދާޅުވީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި މިހާރު ހުށަހަޅާފައިވާ މުހިންމު ނުކުތާތަކަށް ހަމާސްއިން އެއްބަސްވެފައިވާނޭ ކަމަށެވެ.

އެ ކަންކަމަށް ހަމާސް އެއްބަސްވީ، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ، ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވައި އަދި ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދެވެންދެން އެއްވެސް ހުރަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން އިސްރާއީލާއި ހަމާސްއާ ދެމެދު ނުސީދާ ވާހަކަތައް މިހާރުވެސް ދޯހާގައި ކުރިއަށް އެބަ ދެއެވެ.

މިހާރު މައިގަނޑަކަށް ވާހަކަ ދައްކަނީ، އިންސާނީ އެހީ އެތެރެކުރުމާއި އަދި އެކަން ކުރާނޭގޮތަކާ މެދުގައެވެ.

އެމެރިކާއާއި އިސްރާއީލުން މިހާރު ހިންގާ އިންސާނީ އެހީގެ މަސައްކަތުގެ ތެރެއިން ޣައްޒާގެ އާންމުން ގެދޮރުންނެރެ އަދި ޣައްޒާއިންވެސް ބޭރުކޮށްލުމުގެ ޕްލޭނެއް ހިމެނޭ ކަމަށް ހަމާސްއިން ބުނެއެވެ.

މިހާރު ދެކެވެމުންދާ ވާހަކަތަކުގައި، ފުރަތަމަ ފިޔަވަހީގައި، ޣައްޒާގެ އާންމު ދިރިއުޅުމަށް ބުރޫ އެރިޔަނުދިނުމަށް، އިސްރާއީލު ސިފައިން ފަހަތަށް ޖެހެންޖެހޭ ހިސާބު ކަނޑައެޅޭނެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން މިފަހަރުވެސް އެކަށައަޅަނީ ތިން ފިޔަވައްސަކަށެވެ. އެންމެފަހުން ހެދި އެއްބަސްވުންވެސް އުވާލީ މުޖުރިމު ނަތަންޔާހޫއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް މި ހަފްތާގައި ނުވަތަ އަންނަ ހަފްތާގައި ދެވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay