logo

ރައީސް ނަޝީދު ކައިވެނި ބައްލަވައިގެންފި

profile

އަހުމަދު ޒަލީފު - 27 ޖެނުއަރީ 2024 - 20:22

—-

—-

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނި ބައްލަވައިގެންފިއެވެ.

ނަޝީދު ކައިވެނި ބައްލަވައިގަތީ ޔުމްނާ ރުޝްދީ ނަމަކަށް ކިޔާ ދިވެއްސަކާއެވެ. ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ އިއްޔެގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައެވެ.

ނަޝީދު ކުރިން ކައިވެނި ބައްލަވައިގަތީ ލައިލާ އަލީ އަބްދުﷲ އާއެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިވަޑައިގެންނެވިއެވެ. މީގެ އަހަރުތަކެއް ކުރިން އެ ނަޝީދާއި ލައިލާގެ ކައިވެނި ވަނީ ރޫޅިފައެވެ.

ނަޝީދު، 56، އާ ކައިވެންޏެއް މި ކުރެއްވީ އަލަތު ކައިވެނި ރޫޅުނުތާ ތިން ވަރަކަށް އަހަރު ފަހުންނެވެ. އެ މަނިކުފާނުގެ ކުރީގެ އަނބިކަނބަލުންނަކީ ލައިލާ އަލީ އެވެ. އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ މީރާ ލައިލާ ނަޝީދާއި ޒާޔާ ލައިލާ ނަޝީދެވެ.

ދެ ދަރިކަނބަލުންނާ އެކީ ލައިލާ ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގަ އެވެ.

ނަޝީދު ދެވަނަ ކައިވެންޏެއް ކުރައްވާފައި މި ވަނީ ސިޔާސީ މަސައްކަތްތަކާ މިދިޔަ މަހުގެ ތެރޭގައި ދުރަށްވައިގެންނެވުމަށް ފަހު އެވެ. އެ މަނިކުފާނު މިހާރު ނިސްބަތް ވަނީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެކްޓްސްއަށެވެ.

https://wamco.com.mv/
tel:+9607331319