logo

ޕޭޕަލްގެ ޚިދުމަތް ކުރިއަށް އޮތް ދެތިން މަސްތެރޭ ފެށޭނެ: މިނިސްޓަރު ސައީދު

profile

ޝަހްޒާ މުޙައްމަދު - 20 ނޮވެމްބަރު 2025 - 13:20

ދުނިޔޭގެ މަޝްހޫރު އޮންލައިން ޕޭމަންޓް ޚިދުމަތް ކަމަށްވާ ޕޭޕާލް (PayPal) ގެ ޚިދުމަތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

އަދި އެމަނިކުފާނުވަނީ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރައްވާނެކަން ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ވިދާޅުވެފައެވެ. މިކަން ހާސިލްކުރުމަށް ސަރުކާރުން ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އަސްލު ޓީވީގެ ސަރުކާރަށް 730 ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދުތަކުގެ ތެރެއިން، ޒުވާނުންނާއި ވިޔަފާރިވެރިންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ޓާގެޓްކުރެވިގެން ގިނަ މަސައްކަތަކުގެ ތެރޭގައި ހިމެނޭ ޕޭޕާލް (PayPal) ފަދަ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖެއަށް ތައާރަފުކުރުމާއި، ޔޫޓިއުބް މަނިޓައިޒްކުރުން ފަދަ ކަންކަމަށް ފުރުސަތު ހޯދައިދިނުން ހިމެނޭކަމަށެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމްތައް ތަރައްޤީކުރުމަށް ކުރަމުންދާ އެހެނިހެން މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިންޓެކް ދާއިރާއަށް ވަރަށް ބޮޑަށް ވަދެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން 'ސުވައިޕް' ޚިދުމަތް ޤާއިމުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރު ޗައިނާގެ މަޝްހޫރު ޕޭމަންޓް ސިސްޓަމެއް ކަމަށްވާ 'ވީ ޗެޓް ޕޭ' ގެ ޚިދުމަތްވެސް ރާއްޖޭގައި ދޭން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް 'ރުޕޭ' ކާޑުގެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި، އިންޑިއާއާއި ޗައިނާއާ އެކު ކަރެންސީ ސެޓްލްމަންޓް އެރޭންޖްމަންޓް (CSA) އެއް ޤާއިމުކުރުމަށް ލިޔުމެއްގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މި މަސައްކަތްތަކަކީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، އިޤްތިޞާދު ވަށާޖެހޭ ގޮތަކަށް ޑައިވަރސިފައި ކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަނެއް އަމާޒަކީ ހަމަ މި ދެންނެވިހެން މިސާލަކަށް ޕޭޕާލް ގޮތަށް ޔޫޓިއުބް ވެސް މަނިޓައިޒްކުރުން ، ރާއްޖޭގައި ވިޔަފާރިވެރިންނަށްޓަކައި ޒުވާނުންނަށްޓަކައި މިކަންތައްތައް ކޮށްދިނުމަކީ އަމާޒަކީ، މީގެކުރިން ހަމަ މި ހުރިހާ ކަމެއްގައިވެސް ވިސްނުންތަކެއް ހުރިކަން އަޅުގަނޑުމެންނަށް ބައެއް ވެރިން ކިޔައިދޭނީ ، އެކަމުން މިހާރުގެ ތަފާތަކީ، ރައީސް މި ގެ މެނިފެސްޓޯގައި ޖައްސަވާފައި އޮތް ކަމެއް ނުވަތަ ރައީސް މުޢިއްޒު ވެވަޑައިގެންފައި އޮތް ވަޢުދެއް ކަމަށް ވަންޏާ އެ މަނިކުފާނުގެ ހަމަ އިމްޕްލިމެންޓޭޝަން ޕްލޭންއެއް އޮންނާނެ އެ ހުރިހާ ވައުދަކަށް ވެސް، އެއީ ގެކްރިއޭޓިވް އިކޮނޮމީ ކަމުގައި ވިޔަސް، ކުދި ވިޔަފާރިތަކަށް ސަޕޯޓް ދިނުން ކަމުގައި ވިޔަސް، އޭ.ޓީ.އެމް ކަމުގައި ވިޔަސް، ލާޖަރ ޕްރޮޖެކްޓް، ޓައުންޝިޕް ކަމުގައި ވިޔަސް، އަދި ކުދި ވިޔަފާރިތަކަށް ފައިސާ ދިނުން ކަމުގައި ވިޔަސް ، މި ހުރިހާ ކަމަކީ ޓާގެޓެޑްކޮށް ކުރިއަށްދާ މަސައްކަތްތަކެއް" މިނިސްޓަރު ވިދާޅުވިއެވެ.

ޕޭޕާލްގެ މިޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރަން ކުރަމުންދާ މަސައްކަތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއިން މީގެ ކުރިން ބުނެފައިވަނީ މިއީ ސަރުކާރުގެ ޑިޖިޓަލް އިޤްތިޞާދުގެ މުހިއްމު އަމާޒަކަށް ވަޞީލުވުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލަންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ތައްޔާރުކުރާ ފަރާތްތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ޙަރަކާތްތެރިވުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay