logo

ތިލަފުށިން 836 ބިދޭސީއަކު ބަލައި ފާސްކޮށް، 32 މީހަކު އިމިޤްރޭޝަންގެ ބެލުމުގެ ދަށަށް

profile

އާމިނަތު ޝަޒްލާ - 12 ޖުލައި 2026 - 07:02

ތިލަފުށީގައި ކުރިއަށްދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 836 ބިދޭސީއަކު ބަލައި ފާސްކޮށް، ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު އިމިޤްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

އިމިގްރޭޝަނުން ބުނީ މިއީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ކުރިއަށްދިޔަ ރެއިޑް އޮޕަރޭޝަނެއް ކަމަށެވެ.

undefined

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތިލަފުއްޓަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާ ތަނެކެވެ. އިމިގްރޭޝަނުން ދަނީ ބިދޭސީން މަސައްކަތްކުރާ ތަންތަނަށް އަމާޒުކޮށް މިފަދަ ރެއިޑު އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ.

މިމަހުގެ 6ވަނަ ދުވަހު ވަނީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk