logo

ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 14:21

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

https://wamco.com.mv/

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކީވޯލް ކެޕިންގ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ.

މަޝްރޫޢުގެ ބާކީ ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ޖުމްލަ 5 ސެގްމެންޓެއްގެ މަސައްކަތް ކުރިއަށްދެއެވެ.

ސެގްމެންޓު 4 އަދި 5 ކަމަށްވާ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ނިންމާފައެވެ.

މި ސަރަހައްދުގައި މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ.

މީގެއިތުރުން، ސެގްމެންޓު 2 އަދި 3 ގެ ސަބް ބޭސް މަސައްކަތްތަކާއި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

މި ދެ ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލުމަށް އެ ކުންފުނިން އަމާޒު ހިފާފައިވެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk