logo

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 12:33

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

https://wamco.com.mv/

ފުލުހުންގެ އިދާރާއަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 15:57 އެހާކަންހާއިރުއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރިން ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk