logo

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް

profile

އާމިނަތު ޝަޒްލާ - 13 މޭ 2026 - 04:35

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުރަކަ / ގއ. ކަނޑުހުޅުދޫ، ޝަރަފުﷲ އިސްމާޢީލް (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ 2026 އެޕްރީލް 30 ވަނަ ދުވަހުއެވެ.

ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އެމުނިގެން ދިޔަ އިތުރު ބޮޅެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުންގެ ބަދަހި ސަފުތަކުން ކުރަމުންދާ މަސައްކަތަށް، ދައުލަތުގެ އެކި އިދާރާތަކުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk