logo
ޑރ.މުޙައްމަދު ޖަމީލް އަޙުމަދު

ޑރ.މުޙައްމަދު ޖަމީލް އަޙުމަދު

ޑރ. ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންފި

profile

އަހުމަދު ޒަލީފު - 25 ނޮވެމްބަރު 2023 - 12:22

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.

https://wamco.com.mv/

އޭނާ ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއްް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެ ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދި މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގައެވެ.

ޔާމީނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވާތީ އެމަނިކުފާނުގެ ފަރާތްޕުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ ޖަމީލްގެ އިތުރުން ކުރީގެ މިނިސްޓަރު އަދި ޑރ. ޖަމީލަށް ބޮޑުބޭބެ ވިދާޅާ މުހައްމަދު މަލީހް ޖަމާލެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރީ ޔާމީނަށްޓަކައި ކަމަށާއި އެމަނިކުފާނު ޖަލުގައި އަނިޔާ ތަހަންމަލު ކުރައްވާފައިވާ ކަމަށެވެ. އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި ކަމަށް ޖަމީލް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319