logo
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގައުމީ ހަރަކާތުގެ ތަރުޖަމާނު  އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގައުމީ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ

ފެންނަ ނުފެންނަ ވޯޓަކާއި ނުލާ ރިއަލް އެސްޓޭޓްބިލް ފާހެއް ނުކުރެވޭނެ: އަލީ ހުސެއިން

profile

މުޙައްމަދު ފަޟްލޫން - 18 ނޮވެމްބަރު 2026 - 12:22

އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދިނުމަށް މަގުފަހިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ގައުމީ ހަރަކާތުން ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އެ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކާ ނުލައި އެ ބިލު ފާސްނުކުރެވޭނެ ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނާ އުސޫލުގެ ބާރު ކަނޑުވާލާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ ބިލަކީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ރޫޙާ ހިލާފު، އެ މާއްދާގެ އަސާސްތައް ފުނޑުފުނޑުކޮށްލާނެ ބިލެއް ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވައި، އެހެން ދީންތަކުގެ ފައްޅިތައް އެޅުމަށް އެއްވެސް ޖާގައެއް ނުދެވޭނެ ކަމަށާއި، މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ ރުހުމާއި ހުއްދައާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ބިލު މިހާރު އޮތް ގޮތަށް ފާސްކޮށްގެން ރާއްޖޭގައި ފިތުނަ ފަސާދަ އުފެދުމަށް ފުރުސަތު ނުދެވޭނެކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ، އެ ބިލު ފާސްކޮށްފިނަމަ އެކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖު ކުރުމަށްޓަކައި އެންމެހައި ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުތުމަށެވެ.

އެހެންކަމުން، އެ ނިންމުމާ ދެކޮޅަށް ކުދިބޮޑު އެންމެން ތެދުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319