logo

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބިކުދިންނަށް 40 ހާހަށްވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 15 މާރިޗު 2026 - 14:48

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އީދު އުފާ ހޯދައިދިނުމަށްޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން 40,780.44 އެމެރިކާ ޑޮލަރުގެ އެހީއެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ މިއަދު ހަވާލުކޮށްފިއެވެ.

https://wamco.com.mv/

މި ފައިސާއަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ އެމިރޭޓްސް ރެޑް ކްރެސެންޓުން ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި އެހީއެކެވެ. އިޖުތިމާއީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އީދުގެ އުފަލުގައި ބައިވެރިކުރުވުމަށެވެ.

މި އެހީގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި:

ކުދިންނަށް އީދު ހެދުން ހޯދައިދިނުން.

އެހީއަށް ބޭނުންވާ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމުގެ އިތުރުން އީދު އުފަލާ ގުޅޭ ހާއްސަ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދިއުން ހިމެނެެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ލާބަޔާއި އުފަލަށްޓަކައި ޔޫއޭއީ ސަރުކާރާއި، އެމިރޭޓްސް ރެޑް ކްރެސެންޓް އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk