
ރިޔާސީ ބަޔާނަށް ރައްދު ދިނުން މިއަދުގެ މަޖިލިސް ޖަލްސާގައި

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 05:17
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދިނުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުމެ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހެއެވެ. އެގޮތުން ރައީސް މުޢިއްޒު މިއަހަރުގެ ބަޔާން އިއްވަވާފައިވަނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރަންޖެހެނީ، ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި މަޖިލީހުގައި ދެން އެންމެ މެންބަރުން ގިނަ ޕާޓީއަކުންނެވެ. އެހެންކަމުން، މިއަހަރުގެ ބަޔާނަށް ޖަވާބު ދޭނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިންނެވެ.
ރިޔާސީ ބަޔާނުގެ ޖަވާބު ނުވަތަ ރައްދު ތައްޔާރުކުރަންޖެހެނީ މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ޚިޔާލުވެސް ހިމަނައިގެންނެވެ. އަދި ރިޔާސީ ބަޔާން އިއްވި ވަގުތާ އެއްގޮތަށް، މި ޖަވާބު އިއްވާއިރުވެސް ވަގުތުން ދުރަށް ދައްކަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.
ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާނަށް ރައްދު ޖަވާބު ދިނުން ކުރިއަށް ގެންދެއެވެ.






.gif&w=3840&q=75)