logo
ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާއެކު ސަރުކާރުން  ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން

ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާއެކު ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން

ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާއެކު ސަރުކާރުން މަޝްވަރާ ކޮށްފި

profile

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 11:53

މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާ ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުވުމުގައި މަޓީއާއި ތެޔޮ އެތެރެކުރާ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި، މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވާފައި ވެ އެވެ.

undefinedރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާއެކު ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން

މި ބައްދަލުވުމުގައި، މަޓީގެ އިސް ބޭފުޅުންނާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ސަޕްލަޔަރުން ބައިވެރިވެފައިވާއިރު، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މި ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ، ދިމާވެދާނެ ދަތިތަކަށް ދުރާލައި ތައްޔާރުވުންކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ.

undefinedރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާއެކު ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން

ހަމަ އެހެންމެ، މި ބައްދަލުވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރެވި، ކުރިމަތިވެދާނެ މައްސަލަތަކަށް ޙައްލު ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk