logo

ފ އަދި ދ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

profile

އައިޝަތު އިނާޝާ - 10 ފެބްރުއަރީ 2026 - 11:51

ފ އަދި ދ އަތޮޅުގައި އާރުޓީއެލް ފެރީގެއަންނަ ހަފުތާގައި ފަށަން އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މި ދެ އަތޮޅުގައި ތަޖުރިބާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މި ދަތުރުތައް 1 ހަފުތާއަށް ކުރިއަށްގެންދާއިރު ތަޖުރިބާ ދަތުރުތައް ކުރާނީ އެއްވެސް އަގަކާ ނުލައެވެ.

އެމްޓީސީއިން މިހާރު ގެންދަނީ، މި ދެ އަތޮޅުގައި ދަތުރުތައް ފެށުމުގެ ކުރިން، ރައްޔިތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ. މި ސެޝަންތަކުގައި ރޫޓުތަކުގެ މަޢުލޫމާތާއި، އަގުތަކާއި، ފެރީގެ ޚިދުމަތް ހޯދުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރާނެއެވެ.

މި ދެ އަތޮޅަށް އަގު ނަގައިގެން ދަތުރުތައް ފަށާނީ، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. މި ދަތުރުތަކަށް ޖުމުލަ 2 ފެރީ ބޭނުންކުރެއެވެ.

ފެރީގެ ހިދުމަތް ފެށިގެން ދިއުމާއެކު، ފ އަތޮޅާއި ދ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ފެރީގެ ޓިކެޓު ނެގުމުގެ ހިދުމަތް އާރުޓީއެލް ވެބްސައިޓުންނާއި މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެއެވެ. އަދި ކިއުއާރް މެދުވެރިކޮށް ވެސް ޓިކެޓް ގަނެވޭނެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތަކީ އަގު ނަގައިގެން ދެމުން އަންނަ ހިދުމަތެއް ކަމުގައި ވީ ނަމަވެސް އެންސްޕާގައި ރަޖިސްޓަރ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay