
ޖަރުމަނުވިލާތާއެކު ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެ: މިނިސްޓަރ ސަޢީދު

އައިޝަތު އިނާޝާ - 10 ފެބްރުއަރީ 2026 - 18:16
ރާއްޖޭގެ އިޤުތިޞާދީ އިޞްލާޙީ އެޖެންޑާއާއި، އިންވެސްޓްކުރުމުގައި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުގެ އިތުރުން، ޖަރުމަނުވިލާތުގެ ކުންފުނިތަކާއެކު އިސްތިރާޖީ ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އިޤުޠިޞާދީ ގުޅުން ބަދަހި ކުރުމަށާއި، ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ޤައުމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ޖަރުމަން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝަޢުޤުވެރިކަން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، "ދަ މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް" ބަރލިންގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ދެފުށް ފެންނަ، އިންވެސްޓަރުންނަށް ފަހި ވިޔަފާރީގެ މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ދެއްވާ ސަމާލުކަން ތަކުރާރުކޮށް ކަށަވަރުކޮށްދެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤުތިޞާދީ އިޞްލާޙީ އެޖެންޑާއާއި، އިންވެސްޓްކުރުމުގައި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުގެ އިތުރުން، ޖަރުމަނުވިލާތުގެ ކުންފުނިތަކާއެކު އިސްތިރާޖީ ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެކަން ފާހަގަކުރެއްވިއެވެ.
މި ރައުންޑްޓޭބަލް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އިންވެސްޓް މޯލްޑިވްސް، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ، އަދި ޖަރުމަނުގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ޑީ.އައި.އެޗް.ކޭ) ގުޅިގެން އިންތިޒާމުކުރި ރައުންޑްޓޭބަލްއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތައް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ޕްރޮމޯޓްކުރުމުގެ މަޤުޞަދުގައި ބޭއްވުނު ބިޒްނަސް ރައުންޑްޓޭބަލެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަރުމަނުވިލާތުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
5 ގަޑިއިރު ކުރިން

ޖަރުމަނުގެ ފަތުރުވެރިން އިތުރުކުރަން ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި
5 ގަޑިއިރު ކުރިން

ނީލަމުގައި ވިއްކަން އިއުލާން ކުރީ ހިޔާނާތުގެ މައްސަލައެއްގައި ހިމެނޭ ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއް: ފުލުހުން
5 ގަޑިއިރު ކުރިން

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި
9 ގަޑިއިރު ކުރިން


