
އެމްއެމްއޭ
މަނީ ޗޭންޖަރ ސިސްޓަމް އިފްތިތާހުކޮށްފި

މުޙައްމަދު ފަޟްލޫން - 06 ނޮވެމްބަރު 2026 - 11:17
ދިވެހިރާއްޖޭގައި މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީ އޮނިގަނޑެއްގެ ތެރެއިން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާއްސަ މަނީ ޗޭންޖަރ ސިސްޓަމް އެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ނިޒާމު އިފްތިތާހުކޮށްދެއްވީ އެ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ހަމްދީއެވެ.
މި ޑިޖިޓަލް ޕްލެޓްފޯމަކީ މަނީ ޗޭންޖަރުންގެ އިދާރީ އަދި ހިންގުމުގެ އެންމެހައި މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އޮޓޮމޭޓްކުރުމަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
މީގެ ސަބަބުން، ރެގިއުލޭޓަރީ އިދާރާގެ ހައިސިއްޔަތުން އެމްއެމްއޭއާއި ވިޔަފާރިވެރިންނާ ދެމެދު ކުރެވެމުންދާ މުޢާމަލާތްތައް އިތުރަށް ހަލުވިވެ، ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ހަމައެއާއެކު، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުމަށާއި، ގަވާއިދުން ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި މައުލޫމާތުތައް މި ސިސްޓަމް މެދުވެރިކޮށް އެމްއެމްއޭއާ ހިއްސާ ކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އައު ނިޒާމުގެ ސަބަބުން މަނީ ޗޭންޖިންގ ހިދުމަތްދޭ ފަރާތްތައް ސުޕަވައިޒްކޮށް، މާލީ މުޢާމަލާތްތައް ފުރިހަމައަށް ބެލެހެއްޓުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ މާލީ ދާއިރާގެ ނަޒާހަތްތެރިކަމާއި ހަރުދަނާކަން އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުންވެސް މުޢާމަލާތްތައް ރެކޯޑުކުރުމާއި ރިޕޯޓުކުރުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދަން ވާނީ މި ނިޒާމުގެ ތެރެއިންނެވެ
ގުޅުން ހުރި ޙަބަރުތައް

މައްކާގެ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި
5 ގަޑިއިރު ކުރިން

ކުރިއަށް އޮތް 5 ދުވަހު ވިއްސާރަ ވެހޭނެ ކަމަށް ލަފާކޮށްފި
5 ގަޑިއިރު ކުރިން

ރަސްމާލޭގައި ރާ ވިއްކުމާ ގުޅޭގޮތުން ރައީސާއި ބަންޑާރަ ނައިބުގެ ހިޔާލު ތަފާތުވެއްޖެ
5 ގަޑިއިރު ކުރިން

ސިއްހީ ދާއިރާގެ މަތީ އެވޯޑެއް ރާއްޖެ ހޯދައިފި
5 ގަޑިއިރު ކުރިން


