logo

އާއިލާގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށް!

profile

ރިޟްވާން މޫސާ - 12 ސެޕްޓެމްބަރު 2026 - 16:53

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އާއިލާގައި ހިމެނޭ ކުޑަ ކުއްޖަކާމެދު ޖިންސީ އަމަލު ހިންގި ފިރިހެނަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

https://wamco.com.mv/

ކުރިމިނަލް ކޯޓުން މި މައްސަލައިގެ އަޑު އެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވައި ނުލައި ސިއްރުކޮށްގެންނެވެ.

އާއިލާގެ ކުޑަ ކުއްޖަކާމެދު ޖިންސީ އަމަލު ހިންގި ކަމުގެ މައްސަލައިގައި އެ މީހާގެ މައްޗަށް ކޯޓުން ހުކުމް ކުރީ މިދިޔަ ބުދަ ދުވަހުގަ އެވެ.

އެނގިފައިވާ ގޮތުގައި އެމީހަކީ މާލެއަށް ނިސްބަތްވާ މާލޭ މީހެކެވެ. އަދި މިމައްސަލަ އަކީ ވެސް މާލޭގައި ހިނގާފައިވާ މައްސަލައެއްކަން ވެސް ވަނީ އެނގިފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އާއިލާގެ މެންބަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ވަރަށް ސީރިއަސް ކުށެކެވެ.

މި ގާނޫނުގެ ދަށުން އާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނެނީ މައިންބަފައިން، ކާފަ މާމަ، އަދި އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހުން، ބޮޑުބޭބެ، ބޮޑުދައިތަ، އަދި ދެބެންގެދެދަރި މީހުންގެ އިތުރުން ދޮންމަންމަ، ދޮންބައްޕަ، ނުވަތަ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނެވެ.

އާއިލާގެ މެންބަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިނަމަ، އެ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މިއީ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު އެއް އަދަބެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން ނުވަތަ ކޮށްފިކަން އެނގިހުރެ ރިޕޯޓުނުކުރުމަކީ ވެސް ކުށެކެވެ.

https://wamco.com.mv/
tel:+9607331319