logo

ޑޮލަރު އަގުގެ ވާހަކަ މިހާރު ނުދެއްކޭ، އެހެންވީމަ ދެން ކިޔަންވީ ފިނިފެންމަލުގެ ތަނޑީގެ ވާހަކަ: ރައީސް ޔާމީން

profile

ރިޟްވާން މޫސާ - 27 އޯގަސްޓު 2026 - 12:12

ޑޮލަރު ރާއްޖޭގައި މަދު ކަމަށާއި ޑޮލަރު ކަޅު ބާޒާރުގައި ވިއްކަނީ މިޔަނި އަގަކަށް ބުނުން މަނާ ވެއްޖެ ކަމަށާއި، ޑޮލަރުގެ މިސާލުން ދެން ކިއުއްވާނީ ފިނިފެންމަލުގެ ތަނޑީގެ ވާހަކަ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ގދ. ތިނަދޫގައި ބޭއްވި ތިނަދޫ އެއްފަސް ކުރުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޑޮލަރު އަގުބޮޑުވި ވާހަކަ އާންމުންނަށް ވެސް މީޑިޔާގައި ވެސް ދެއްކުން މަނާކޮށްފައިވާ ކަމަށާއި، ދެން ޑޮލަރުގެ މިސާލުން ނަންގަވަންވީ ފިނިފެންމަލުގެ ތަނޑީގެ ވާހަކަ ކަމަށެވެ.

ސިޔާސީ ގޮތުން އަދި މަޖާޒީ ގޮތުން ވެސް އެމަނިކުފާނު އެ އިޝާރާތް ކުރެއްވެވި "ފިނިފެން މަލުގެ ތަނޑި އަކީ" އެމަނިކުފާނުގެ ވެރިކަމުގައި ވެސް އަދި މި ސަރުކާރުގެ ވެސް އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ސައީދު އަށް މަލާމާތުގެ ރާގަކުން އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަ ފުޅެކެވެ.

ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވި ވާހަކަ ނުދެއްކޭ ކަމަށްވާނަމަ ކޮންމެވެސް އެއްޗެއް ކިޔަން އުފައްދަން ޖެހޭ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުގެ ޙިޔާލުގައި. މި ހަމަ މަޖާޒީކޮށް ފިނިފެންމާ ތަނޑިއެއްގެ އަގު އުޅެނީ މިއަދު 22ރ 85ލ އަށް" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިފަދަ ގައުމީ މައްސަލަ ތަކުގައި ސަރުކާރުން ރައްޔިތުންގެ އަނގަ ބަންދު ކުރަން އުޅޭ ކަމަށް ވިދާޅުވެ އެކަންކަމަކީ ކަންބޮޑުވާ މައްސަލަތައް ކަމުގައި ފާހަގަކުރައްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލއިގައި ފިނޭންސް މިނިސްޓަރާއި، އެމްއެމްއޭގެ ގަވަރނަރ ނުކުމެގެން މި މައްސަލަތައް ރައްޔިތުންނަށް ސާފުކޮށް ކިޔައިދެއްވައި ހައްލުކޮށްދެއްވަން ޖެހޭ ކަމަށެވެ.

https://wamco.com.mv/
tel:+9607331319