logo

ހިޔާ ފްލެޓް 12 ވަނަ ޓަވަރުގައި ޖިންސީ ގުޅުން ހިންގަމުންދިޔަ މައްސަލައެއް ބަލަން ފަށައިފި!

profile

ރިޟްވާން މޫސާ - 27 އޯގަސްޓު 2026 - 11:31

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުގެ 12 ވަނަ ޓަވަރުގައި ޖިންސީ ގުޅުން ހިންގަމުން ދިޔަ މައްސަލަ އެއް ފުލުހުން ބަލަން ފަށައިފި އެވެ.

https://wamco.com.mv/

މީސް މީޑިޔާގެ އެކިއެކި މަންސަ ތަކުގައި ފެންނަ ވީޑިއޯގައި ފެންނަނީ އަންހެނަކާއި، ފިރިހެނަކު ބަރަހަނާކޮށް ތިބެ އާންމުންނަށް ފެންނާނެހެން އެ ފްލެޓުގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގަނިކޮށެވެ.

މި އަމަލު ހިންގާފައި ވަނީ 12 ވަނަ ޓަވަރުގެ ކޮން ފްލޯއެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ އާއިި ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ.

އާންމު ތަނެއްގައި ނުވަތަ އާންމުންނަށް ފެންނާނެހެން ޖިންސީ އަމަލުތައް ފަދަ ބޭއަދަބީ އަމަލުތައް ހިންގުމަކީ ދިވެހިރާޢްޖޭގެ ގާނޫނުލް އުގޫބާތުގައި ކުށެކެވެ. އަދި އެއީ އާންމު އިޖުތިމާއީ މިންގަނޑު ތަކާއިވެސް ޙިލާފު އަމަލެކެވެ.

މި މައްސަލަ އާއި ގުޅޭގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ނޫން ކަމެއްވެސް ފުލުހުން ހާމަކޮށްފަ އެއްނުވެ އެވެ.

https://wamco.com.mv/
tel:+9607331319