logo

ޖަލުގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

profile

ޝުރުފާ މުހަންމަދު - 28 ސެޕްޓެމްބަރު 2024 - 18:16

މާފުށި ޖަލު

މާފުށި ޖަލު

ޖަލުގައި މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި މަރުވީ އަބްދުލް ޣަނީ އިސްމާއީލް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނިގޮތުގައި އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ.

އޭނާގެ މަރުގެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނިގޮތުގައި އަބްދިލް ޣަނީ މަރުވީ އަންގާރަ ދުވަހުގެ ހެނދުނު 7 ޖަހާކަން ހާއިރުއެވެ. މާފުށީ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

https://int.etukuri.mv/
tel:+9607331319