logo

ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީން ތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

profile

އާމިނަތު އާފިޔާ - 10 ޑިސެމްބަރު 2025 - 07:39

ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެގޮސްފިއެވެ.

https://wamco.com.mv/

މޯލްޑިވްސް އިމިގްރޭޝަންއިން ހާމަކުރީ، ގަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ދެނެގަތުމަށް، މިހާރު ހިންގަމުންދާ އޮޕްރޭޝަންއެއްގެ ދަށުން ރޭގެ ވަގުތެއްގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖުޕާލާއެއް ބަލައި ފާސްކޮ ފައިވާކަމަށެވެ. އަދި އެތަންތަނުގައި ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން އިމިގްރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރިތަށް ނޯޓިސްއާއި އެކު ހުއްޓުވުމުގެ ފިޔަވަޅު ތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއިން ވަނީ އަޅާފައެވެ.

މީގެ ކުރިން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އެދި އެ މިނިސްޓްރީއިން 27 ނޮވެމްބަރު 2025 ގައި ވަނީ އިއުލާނެއް ކޮށްފައެވެ. މި އިއުލާނުގައި ބަޔާން ކޮށްފައިވާ ގޮތުން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި، އެ މިނިސްޓްރީ ހިމެނޭހެން ގައުމީ ފެންވަރުގައި ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މި ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިނިސްޓްރީ އިން އިތުރަށް ހާމަކުރި ގޮތުގައި، މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމެވެ. އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމާއި، ޤާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށް އެ މިނިސްޓްރީން ބަޔާން ކޮށްފައި ވެއެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay