logo

ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ ކޮންސްޓްރަކްޝަންގެ 60 އިންސައްތަ ނިމިއްޖެ

profile

އާމިނަތު ޝަޒްލާ - 12 ޖުލައި 2026 - 06:38

ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ތިލަފުށީ ވޭސްޓު އެނަރޖީ ޕްލާންޓް ހަވާލުކޮށްފައިވަނީ، ބިލްޑް އެންޑް އޮޕަރޭޓް ކުރާ އުސޫލުންނެވެ.

https://wamco.com.mv/

ރާއްޖޭގައި މިވަގުތު އައްޑޫ ސިޓީގައި މިފަދަ ޕްލާންޓެއް ޤާއިމުކޮށްފައިވާއިރު، ރާއްޖޭގައި އެންމެ ގިނައިން ކުނި މެނޭޖްކުރާ މެދުރާއްޖެތެރޭގެ ކުނި މެނޭޖްކުރާ ތިލަފުށީގައި މިފަދަ ބޮޑު ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ވޭސްޓް ޓު އެނަރޖީ މަޝްރޫޢާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވީ، މިވަގުތު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެއް ކަމަށެވެ. އެއީ، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެއް ކަމަށެވެ.

ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އަންދައިގެން 100 ޓަނުގެ އަޅި އުފެއްދޭއިރު އެއަޅި ޓްރީޓް ކޮށްގެން ބޭނުންކުރެވޭ ގޮތަށް ހެދުމުގެ ސަބަބުން ރާއްޖޭގައި ސިމެންތީގެ ބަދަލުގައި މި ބާވަތްތައް ބޭނުން ކުރުމަށް މަގުފަހިވާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިޕްލާންޓް ބޭނުންކުރަން ފަށާތާ 2 އަހަރުގެ ތެރޭގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުގެ ތެރެއިން 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވޭނެ ކަމަށް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ގްރިޑަށް ފީޑްކުރާ 10 މެގަވޮޓާއެކު ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ގާތްގަނޑަކަށް 2 މިލިޔަންވަރު މަދުކުރެވޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކޮށްފައެވެ. މިޕްލާންޓުގެ މަޝްރޫޢަކީ، އޭޑީބީއާއި އޭއައިއައިބީއާއި ޖަޕާނުގެ ޖޭސީއެމްއާއި ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk