
ދަރަނި ބޮޑުވާތީ އިގްތިސާދު ކުރަން ޗައިނާ ސަރުކާރުން ރައްޔިތުންނަށް ގޮވާލައިފި

ރިޟްވާން މޫސާ - 16 ޖުލައި 2026 - 11:07
ޗައިނާގައި ދަރަނި ނުދެއްކޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވުމުގެ ސަބަބުން، އިގްތިސާދީ ދުވެލި ހަލުވިކުރުމަށްޓަކައި އާންމުން ކުރާ ހޭދަ އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯރޓްތައް ބުނެފި އެވެ.
ދަރަނި ނުދެއްކޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، ޚާއްސަކޮށް އާމްދަނީ މަދުން ލިބޭ މީހުން ދަރަނީގެ އަނދަވަޅަކަށް ވެއްޓެމުންދާތީ، މި ހާލަތު އިތުރަށް ގޯސްވާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ޗައިނާގެ ވަޒީފާގެ ބާޒާރު ދަށްވުމާއި، ގާއިމްވެފައިވާ ރިއަލް އެސްޓޭޓް މާކެޓްގެ ހީނަރުކަމުގެ ސަބަބުން، މީހުންގެ ވާހަކަތައް މިހާރު ޗައިނާގައި ދަނީ އާންމުވަމުންނެވެ.
މި ހާލަތު މިހެން ކުރިމަތިވެފައި މިވަނީ، ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށްޓަކައި އާންމު ރައްޔިތުން ލޯނު ނަގައިގެން ވިޔަފާރިތަކަށް ޚަރަދުކުރުމަށް ބެއިޖިންގް ސަރުކާރުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.
ބުދަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގެ އުފެއްދުންތެރިކަމާއި އެކްސްޕޯޓް ވަރުގަދަ ނަމަވެސް، ކަސްޓަމަރުން ޚަރަދުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ދެވަނަ ކުއާޓަރުގައި އެގައުމުގެ އިގްތިސާދީ ކުރިއެރުން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައިވެސް ނުދާހާ ދަށަށް ގޮސްފައެވެ.
އިންޓާންޝިޕްގެ ދުވަސްވަރުން ފެށިގެން ޚަރަދުތައް ހަމަޖެއްސުމަށް ނަގަމުން އައި އެއްވެސް ލޯނެއް ދެއްކުމުގައި މީގެ ކުރިން ޖެކް ޗެންއަށް އެއްވެސް ދަތިކަމެއް ކުރިމަތިވެފައެއް ނުވެއެވެ. ނަމަވެސް، ދަރަނިތައް އިންތިހާއަށް އިތުރުވުމުގެ ސަބަބުން މިހާރު އޭނާގެ ކްރެޑިޓް ރިޕޯޓުގައި ވަނީ ކަންބޮޑުވާންޖެހޭ ފަދަ އިންޒާރުގެ ނިޝާނެއް ޖެހިފައެވެ. އަދި އޭނާ އަލަށް ހުށަހަޅާ ލޯނު އެޕްލިކޭޝަންތައްވެސް މިހާރު ދަނީ ބޭރުކުރަމުންނެވެ.
ޖިއަންގްސޫ ޕްރޮވިންސްގެ ޓެލެކޮމް މެއިންޓެނަންސް މަސައްކަތްތެރިއެއް ކަމަށްވާ، އުމުރުން 27 އަހަރުގެ ޖެކް ޗެން މިހާރު ވަނީ ގާތްގަނޑަކަށް 140،000 ޔުއާން (20،685 ޑޮލަރު) ގެ ދަރަންޏެއްގެ ތެރެއަށް ގެނބިފައެވެ. މިއީ އޭނާގެ އަހަރެއްގެ މުސާރައާ އެއްވަރުގެ އަދަދެކެވެ.
މި ދަރަނިތަކުގެ ތެރޭގައި ކްރެޑިޓް ކާޑު، އޮންލައިން ލޯނު އަދި ކާރު ލޯނު ހިމެނެއެވެ. މި ހާލަތު މެދުވެރިވީ މިއަހަރު އޭނާ މަސައްކަތްކުރާ ކުންފުނިން މުސާރަ ކުޑަކޮށް، ތެލުގެ އިނާޔަތް ކަނޑާލުމާ ގުޅިގެންނެވެ.
އޭނާގެ ޚަރަދުތައް ހަމައެކަނި ކާބޯތަކެއްޗާއި، ކުއްޔާއި، ތެލަށް ބަދަލުކޮށްލި ނަމަވެސް، "ދަރަނިތައް ދިޔައީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން" ކަމަށް އޭނާ ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި
3 ގަޑިއިރު ކުރިން

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
3 ގަޑިއިރު ކުރިން

އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި
3 ގަޑިއިރު ކުރިން

ސިފައިންގެ 72، 73 ވަނަ ތަމްރީނު ކޯހުގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)