
އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި

ރިޟްވާން މޫސާ - 16 ޖުލައި 2026 - 17:52
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވައިފި އެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކައުންސިލަރުން ނިންމީ އެ ޕާޓީ އެތޭރެގައި ބޭއްވި އިންތިހާބަކުންނެވެ.
އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމަށް ހުޅުވާލީ 14 ޖުލައި ވީ އަންގާރަ ދުވަހު އެވެ. މި ބޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައި ވަނީ ބުރާސްފަތި ދުވަހު އެވެ.
އެލްޖީއޭގެ ބޯޑަށް ވާދަކުރާނެ ކައުންސިލަރަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ޖުމްލަ 4 ފަރާތަކުން ބައިވެރި ވި އެވެ. އެ 4 ފަރާތަކީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު، ރ. ރަސްގެތީމު ކައުންސިލްގެ ރައީސް ހަސަން ރަޝާދު، ބ. ތުޅާދު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް އަދި ލ. ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ވާދަ ކޮށްފައިވެ އެވެ.
މީގެ އިތުރުން އެލްޖީއޭގެ ބޯޑަށް އ.ތ.މ ކޮމިޓީގެ ރައީސާއަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ޖުމްލަ 5 ފަރާތަކުން ވާދަކުރި އެވެ. އެ 5 ފަރާތަކީ ލ. ގަމު އ.ތ.މ ކޮމިޓީގެ ރައީސާ މަރްޔަމް ނީނާ، ރ. ދުވާފަރު އ.ތ.މ ކޮމިޓީގެ ރައީސާ ފާތިމަތު އަސީލާ، ފުވައްމުލަކު ސިޓީ އ.ތ.މ ކޮމިޓީގެ ރައީސާ މަރްޔަމް ޝިއުނާ، މާލެ ސިޓީ އ.ތ.މ ކޮމިޓީގެ ރައީސާ އައިޝަތު ރީޝާ އަދި ގއ. ކޮނޑޭ އ.ތ.މ ކޮމިޓީގެ ރައީސާ ސުއާދާ ހަސަން ދީދީ ވާދަކޮށްފައިވެ އެވެ.
މި އިންތިހާބުތައް ކާމިޔާބުކޮށް އެލޖީއޭގެ ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ލިބުނީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ. ގަމު އ.ތ.މ ކޮމިޓީގެ ރައީސާ މަރްޔަމް ނީނާ އަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި
3 ގަޑިއިރު ކުރިން

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
3 ގަޑިއިރު ކުރިން

ސިފައިންގެ 72، 73 ވަނަ ތަމްރީނު ކޯހުގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
3 ގަޑިއިރު ކުރިން

ރައީސް، "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)