
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި

ރިޟްވާން މޫސާ - 16 ޖުލައި 2026 - 17:52
މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕު ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުޞަތު، އެ ކަމަށް އެދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އިތުރުކޮށްފި އެވެ.
މި ސްކޯލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ނިމިގެން ދިޔަ މެއި މަހުގެ 17 ވަނަ ދުވަހުގަ އެވެ.
މީގެ ކުރިން ޒަކާތު ހައުސްއިން ދޫކުރާ 2026ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕު ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެހެން ނަމަވެސް މިހާރު ޒަކާތު ހައުސް އިން ވަނީ މި ސުންގަޑި އިތުރުކޮށް އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށް ކުރިމަތިލާން ބޭނުން ވާ ފަރާތްތަކަށް އެފުރުސަތު އިތުރުކޮށްދީފަ އެވެ.
މި ސްކޮލަރޝިޕު ޕުރޮގުރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް (ލެވެލް 9)އާއި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތެކެވެ.
ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލައިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތާއި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތެވެ.
ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ވަނީ ޚާއްޞަކުރެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
3 ގަޑިއިރު ކުރިން

އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި
3 ގަޑިއިރު ކުރިން

ސިފައިންގެ 72، 73 ވަނަ ތަމްރީނު ކޯހުގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
3 ގަޑިއިރު ކުރިން

ރައީސް، "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)