logo

ނޫސްވެރިން ޖަލުގައި ބަންދުކުރުމަކީ ބިރުދެއްކުން : ރައީސް ސާލިހް

profile

މުޙައްމަދު ފަޟްލޫން - 13 މޭ 2026 - 04:34

ނޫސްވެރިން ޖަލުގައި ބަންދު ކުރުމަކީ ނޫސްވެރިންނަށް ބިރުދެއްކުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. އެމަކިނުފާނު ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ މިނިވަންކަން ދިފާއު ކުރުމުގައި އެމްޑީޕީ އިން ފަސްޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވެފައިވަނީ އަދަދު ނޫހުގެ ދެނޫސްވެރިން ޖަލުގައި ބަންދުކުރުމަކީ ނޫސްވެރިންނަށް ބިރު ދެއްކުން ކަމަށެވެ.

އަދި އާންމުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އަރައިގަތުން ކަމަށްވެސްވިދާޅުވެފައިވެއެވެ.

މި އަމަލަކީ ނޫސްވެރިކަމާ ދެކޮޅަށް ފެށިގެންދިޔަ ލަދުވެތި އައު ބާބެއް ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިން ޖަލަށް ލުމަކީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ

ނޫސްވެރިކަމާ ދެކޮޅަށް ފެށިގެންދިޔަ ލަދުވެތި އައު ބާބެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސާލިހް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީ އިން ރޭ މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ޖަންޝަންގައި ވަނީ މުޒާހަރާ ކޮށްފައެވެ.

މި މުޒާހަރާގައި ހައްޔަރުކުރި ދެ ނޫސްވެރިން މިނިވަންކުރަން ވަނީ ގޮވާލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk