logo

ރަސްމާލެ މަޝްރޫޢު ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

profile

އާމިނަތު ޝަޒްލާ - 13 އޮކްޓޯބަރު 2026 - 06:15

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ، އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުރަތަމަ މަރުހަލާގައި ސީދާ އެ ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައަކަށް ނުވާތީ ކަމަށް ބަޔާންކުރައްވައެވެ.

ރަޖިސްޓްރާގެ މި ނިންމެވުމާމެދު ހިތްހަމަނުޖެހޭނަމަ، މައްސަލަ ނިންމި ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެ ނިންމުން އިސްތިއުނާފު ކުރުމުގެ އިހުތިޔާރު އަލީ ހުސައިންއަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވައެވެ.

މި މައްސަލައަކީ 21 ސެޕްޓެމްބަރު 2026 ގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ސޮއިކުރި އެއްބަސްވުން ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް ހުށަހެޅި މައްސަލައެވެ.

އެ އެއްބަސްވުމުގެ ދަށުން 99 އަހަރުގެ މުއްދަތަށް އެ ކުންފުންޏަށް ބިން ދިނުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 250، 251 އަދި 268 ވަނަ މާއްދާއާ ސަރީހަކޮށް ހިލާފަށް ކަމަށް މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، އެ އެއްބަސްވުން ބާތިލުކޮށްދިނުމުގެ އިތުރުން، ޝަރީއަތުން މި މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް، މައްސަލަ ކޯޓަށް ބަލައިނުގަތުމުން މި އަމުރާމެދު ވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލޭގެބޮޑު ސަރަހައްދެއް، ޔޫ.އޭ.އީ ގެ އީގަލްސް ހިލްސް ކުންފުންޏަށް 99 އަހަރަށް ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމާއެކު، ގައުމުގެ ސިޔާސީ މަސްރަހާއި އިގްތިސާދީ ދާއިރާގައި ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ސަރުކާރުން މިއީ ތަރައްގީގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، މިއީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319