
މާލޭގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުޑަ އީދު ނަމާދު ކުރުން އޮންނާނެ: އިސްލާމިކް މިނިސްޓްރީ

މުޙައްމަދު ފަޟްލޫން - 15 މާރިޗު 2026 - 14:48
މި އަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން، މާލެ ސަރަހައްދުގައި ޢީދު ނަމާދު ކުރާނީ ހެނދުނު 7:00 ގައެވެ. ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ހަތަރު ތަނަކީ:
މާފަންނު ސްޓޭޑިއަމް
ވިލިމާލެ ފުޓުބޯޅަ ދަނޑު
ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް
ހުޅުމާލެ ފޭސް 2 ގެ މަސްޖިދު ހަސަން އާދަމް ހިމެނޭ ސަރަހައްދުގެ ހުސްބިން (ނިރޮޅުމަގު، ހީނާމާ ހިނގުން، ފޭރުގަސް މަގު އަދި ދުނބުރި ގަސްމަގު ގުޅޭ ސަރަހައްދު)
މީގެ އިތުރުން، މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރުން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދުގެ ނަމާދު ބޮޑު ޖަމާއަތުގައި ހުސްބިންތަކުގައި ކުރުމަކީ މިހާރު އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ ކުރިއަށް އޮތް ހުކުރު ދުވަހެވެ.






.gif&w=3840&q=75)