logo

ކުޅުދުއްފުށި ސިޓީގައި ގެނބިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2026 - 14:09

ކުޅުދުއްފުށީ ސިޓީގެ އުތުރު ފަރާތަށް މޫދަށް އެރުނު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

https://wamco.com.mv/

މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ ހދ ކުޅުދުއްފުށީ، ބަޑިފަސްގަނޑުގެ، އުމުރުން 58 އަހަރުގެ ސުލައިމާން ޙުސައިންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ސުލައިމާން ޙުސައިން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފެށީ މޫދަށް އެރި އުޅެނިކޮށް ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
ސުލައިމާން ޙުސައިންއަކީ އޭނާއަށް ދިމާވެފައިވާ ސިއްޙީ ޙާލަތަކަށް ފަރުވާ ހޯދުމަށްޓަކައި، ކަސްރަތަށް ކޮންމެ ދުވަހަކުވެސް ހެނދުނު މޫދަށް ގޮސް އުޅޭ މީހެކެވެ

ފުލުހުން ވަނީ ސުލައިމާނު މަރުވެފައިވާކަން މީޑިއާ ތަކަށް ކަށަވަރުކޮށްދީފައެވެ.

މި މައްސަލަ އިތުރަށް ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk