logo

ޕެރޯލްގެ ދަށުން މިދިޔަ އަހަރު 27 ގައިދީން މުޖުތަމަޢުއަށް ދޫކޮށްލާފައިވޭ

profile

މުޙައްމަދު ފަޟްލޫން - 15 މާރިޗު 2026 - 14:47

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިދިޔަ އަހަރު، ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމައުއަށް ދޫކޮށްލައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިދިޔަ އަހަރު ގައިދީންނަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޕެރޯލްއަށް އެދި ހުށަހެޅި 241 ރިކުއެސްޓްގެ ތެރެއިން 189 ފޯމެއް ޝަރުތު ހަމަވިއިރު، ޕެރޯލް ބޯޑުން 42 މީހަކަށް ދޫކޮށްލުމުގެ ހުއްދަ ދީފައިވެއެވެ. ނަމަވެސް ބައެއް މީހުންނާ ހަވާލުވާނެ ފަރާތެއް ނެތުމުންނާއި އެހެނިހެން ސަބަބުތަކާހުރެ ބައެއް ހުއްދަތައް ވަނީ ކެންސަލްކޮށްފައެވެ.

ޖަލުތަކުގައި ތިބި ގައިދީންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް 12,887 ފަހަރު އަދި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް 2,160 ފަހަރު ގައިދީން ދައްކާފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

ގައިދީންނަށް އާއިލާއާ މުއާމަލާތް ކުރުމަށް ދީފައިވާ ފުރުސަތުތަކަށް ބަލާއިރު، މާފުށީ ޖަލާއި، ހުޅުމާލެ ޖަލު އަދި އައްސޭރި ޖަލުން ގިނަ އަދަދެއްގެ ފޯން ކޯލްތަކާއި ވީޑިއޯ ކޯލްތައް ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެންމެ ގިނަ ކޯލްތައް ކޮށްފައިވަނީ މާފުށީ ޖަލުންނެވެ.

ގައިދީން އެކި ބޭނުންތަކަށް ޖަލުން ބޭރަށް ގެންދިއުމަށް ކުރި ދަތުރުތަކަށް ބަލާއިރު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ގިނަ ދަތުރުތަކެއް ވަނީ ކޮށްފައެވެ.

މީގެ ތެރެއިން އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ މާފުށީ ޖަލުން ކަމަށްވާއިރު، ހުޅުމާލެ ޖަލާއި އައްސޭރި ޖަލުންވެސް އެކި ވަސީލަތްތައް ބޭނުންކޮށްގެން ގައިދީން އުފުލާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk