logo
އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިންތިހާބުގެ ދެވަނަ ބުރަށްދާ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު

profile

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 11:52

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

https://wamco.com.mv/

އިލެކްޝަންކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އިންތިހާބުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިވާ ކަމަށެވެ.

އިންތިހާބުގެ ހރިހައި ކަމެއްވެސް ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއި، އިންސާފުވެރި މަގުން ކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ އިންތިހާބުތަކާ ގުޅިގެން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ދޭ ޖަވާބުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަމަށެވެ.

ވިދާޅުވީ އިންތިހާބުތަކުގެ ޝަކުވާގެ ގޮތުގައި ޖުމްލަ 170 ޝަކުވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވާ ކަމަށާއި، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށެވެ.

ޒާހިދު ވަނީ ވޯޓުލުމުގެ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމު ކުރުމަށް ޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާތްތަކުންނާއި އާންމު ރައްޔިތުން އެެ ކޮމިޝަނަށް ދެއްވާފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

އަދި މުސްތަގުބަލުގައި ވެސް އަދުލުވެރިކަމާއެކު އިންތިހާބުގެ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk