
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބީލަންތަކުން ހާއްސަ ފުރުސަތުތަކެއް ދެނީ

މުހައްމަދު މުޝްރިފް - 31 ޑިސެމްބަރު 2025 - 19:39
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސް.އެމް.އީ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް މިނިސްޓްރީ ފައިނޭންސް އެންޑް ޕްލޭނިންގް އިން ފަށައިފިއެވެ. މިގޮތުން ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގެ ތެރެއިން، ޖުމުލަ އަގުގެ ގޮތުން ވަކި މިންވަރަކަށްވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިލެވޭނެ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ކުދި ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި، ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭގައި އެފަދަ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކޮށް މަރުހަލާތައް މިހާރަށްވުރެ ލުއި ފަސޭހަ ކޮށްދިނުމެވެ.
ވިޔަފާރިތަކަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ނުދެއްކި ހުރި ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ލުއި ގޮތްތަކެއް ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ދޭ ހިދުމަތްތަކުގެ އަގު ކުޑަކުރުމާއި، މިހާރު ޑޮލަރުން ދައްކަންޖެހޭ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
މި އިސްލާހީ ބަދަލުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެދެވޭ ހައްލެއް ލިބި، ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މި އަހަރު ވާނީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލުކުރާނޭ އަހަރަކަށް: ރައީސުލްޖުމްހޫރިއްޔާ
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ވީއައިއޭގެ ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި
5 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނުމަގު ހެދުން: ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
7 ގަޑިއިރު ކުރިން

ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދެނީ
8 ގަޑިއިރު ކުރިން


